ވެލާނާ އިންޓަނެޝަނަލް އެއާޕޯޓް ކުރިން ހިންގި ހިންގި އިންޑިއާގެ ޖީއެމްއާރުން ޓެކްހާއި ޖޫރިމަނާ ފައިސާގެ ގޮތުގައި 20.5 މިލިއަން ޑޮލަރު ދައްކަން މޯލްޑިވްސް އިލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެ ކުންފުންޏަށް އަންގައިފި އެވެ.
އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖީއެމްއާރުން މީރާއަށް ދައްކަން ޖެހޭ ޓެކުހުގެ ތެރޭގައި، ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް، (ބީޕީޓީ)ގެ ގޮތުގައި 14.4 މިލިއަން ޑޮލަރާއި ވިތުހޯލްޑިންގް ޓެކުހުގެ ގޮތުގައި 2.8 މިލިއަން ޑޮލަރު ދައްކަން ވަނީ އަންގައިފަ އެވެ.
އަދި ޖޫރިމަނާ ފައިސާގެ ގޮތުގައި 3.3 މިލިއަން ޑޮލަރު ދެއްކުމަށް ވެސް މީރާ އިން ޖީއެމްއާރަށް އަންގާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުންޏެބެ.
އެކަމަކު މިކަމާ ބެހޭ ގޮތުން މީރާއިން ރަސްމީކޮށް އަދި އެއްވެސް ވާހަކައެއް ނުދައްކަ ނުވެއެވެ.
ވެލާނާ އިންޓަނެޝަނަލް އެއާޕޯޓް ޖީއެމްއާރަށް 25 އަހަރު ދުވަހުގެ މުއްދަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ކުއްޔަށް ދިނީ ޖޫން، 28، 2010 ގަ އެވެ.
އެކަމަކު މި އެއްބަސްވުމަކީ ޤާނޫނީ ގޮތުން ބޮޑެތި މައްސަލަތަކެއް ހުރި އެއްބަސްވުމެއް ކަމަށް ބުނެ އެއްބަސްވުން ބާތިލް ކުރީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ނޮވެމްބަރު، 27، 2012 ގަ އެވެ.