Last Updated: July 1, 18:18
Wednesday, July 1, 2026
ޚަބަރު

ހުޅުމީދޫން ދޫކުރާ ގޯތީގެ ގުރުލުން ފަސްކޮށްފި

މީދޫ ޕާކް. މީދޫ ގެއެއް ފަޅާލައި ގިނަ އަދދަެއްގެ ފައިސާ ރޭ ވަނީ ވަގަށް ނަގާފައި. ފޮޓޯ: އަހުމަދު އަޔާޒް

ހުޅުމީދޫން ދޫކުރަން ނިންމި 100 ގޯތީގެ ގުރުއަތަށް ހޮވުނު ފަރާތްތައް އާއްމު ކުރުމަށްފަހު ގުރުއަތުލުން މިމަހުގެ 27 ވަނަ ދުވަހު ބާއްވަން ނިންމުމަށްފަހު ގުރުއަތުލުން ފަސްކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން އާއްމު ކުރި އިއްލާނުގައި ބުނެފައިވަނީ ގުރުއަތަށް ހޮވުނު ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތާއި މެދު ޝަކުވާއެއް އޮވެއްޖެނަމަ މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށެވެ. އެގޮތުން ޕޮއިންޓް ދީފައިވާ ގޮތާއި މެދު ގިނަ ޝަކުވާތަކެއް ކައުންސިލަށް ލިބިފައިވާކަމަށް ކައުންސިލުން ބުނެއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކައުންސިލުން އާއްމު ކުރި ލިސްޓުގައި އެންމެ މަތިން ޕޮއިންޓް ލިބިފައިވާ މީހުންގެ ތެރޭގައި ފާއިތުވި 10 އަހަރު ރަށުގައި ނޫޅޭ މީހުން ވެސް ހިމެނެއެވެ.

ކައުންސިލުން މިއަދު ބުނީ ޝަކުވާތައް ބެލުމަށްފަހު މިމަހުގެ 27 ވަނަ ދުވަހު ބާއްވަން ނިންމި ގުރުއަތުލުން ނުބޭއްވޭނެކަމަށެވެ. އެހެންވެ ގުރުލުން ބާއްވާނެ ވަކި ތާރީހެއް ފަހުން އިއްލާން ކުރާނެކަމަށެވެ.

ހުޅުމީދޫން ގޯތިއަށް އެދި 359 ފަރާތަކުން ބަޔަކު ފޯމް ހުށަހަޅާފައިވާއިރު އެއެންމެންގެ ޕޮއިންޓް ތަރުތީބު ކޮށްފައިވަ ގޮތް ކައުންސިލުން ވަނީ އާއްމުކޮށްފައެވެ.