އައްޑޫ ސިޓީ ކައުންސިލްގެ ވެލްފެއަ އެންޑް ރެކްރިއޭޝަން ކްލަބުން ކައުންސިލްގެ މުވައްޒަފުންނަށް ގިފްޓް ކާޑް މިއަދު ހަދިޔާކޮށްފި
އެވެ.
ރޯދަ ހަދިޔާއެއްގެ ގޮތުގައި މުވައްޒަފުންނަށް ހަދިޔާ ކުރި 1،500ރ. ގިފްޓް ކާޑް ހަވާލުކޮށް ދެއްވީ ރެކްރިއޭޝަން ކްލަބުގެ ރައީސް އަލީ ސަވާދެވެ.
ކައުންސިލް ވެލްފެއާ އެންޑް ރެކްރިއޭޝަން ކްލަބަކީ މުވައްޒަފުންނަށް އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށް ދިނުމަށާއި މުވައްޒަފުންގެ ކުރިއެރުމަށް މަސައްކަތްކުރުމުގެ އިތުރުން، މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާ ކުރުމުގެ މަޤުސަދުގައި ރަޖިސްޓްރީ ކުރެވިގެން ހިންގަމުންދާ ކްލަބެކެވެ.
އެގޮތުން ފާއިތުވި ދެ އަހަރުގެ ރޯދަ މަހު ވެސް ރެކްރިއޭޝަން ކްލަބުގެ ފަރާތުން މުވައްޒަފުންނަށް ގިފްޓް ކާޑް ހަދިޔާ ކުރި އެވެ. އަދި މިދިޔަ އަހަރުު ކައުންސިލްގެ އަހަރީ ބައްދަލުވުމުގައި މުވައްޒަފުންގެ މެދުގައި ގުރުއަތުން ހޮވައިލެވުނު މުވައްޒަފަކަށް އުމްރާ ދަތުރެއް ވެސް ވަނީ ދީފަ އެވެ.