Last Updated: August 24, 13:34
Sunday, August 24, 2025
ޚަބަރު

މައުމޫން ފައުންޑޭޝަނުގެ ސްކޮލާޝިޕްތަކަށް ހުޅުވާލައިފި

މައުމޫން ފައުންޑޭޝަން އިން 2016 ވަނަ ސްކޯލާޝިޕް ދިން ދަރިވަރުންތައް - ފޮޓޯ: ޓްވިޓާ

މައުމޫން ފައުންޑޭޝަން އިން ދިވެހި ޒުވާނުންނަށް މަތީ ތައުލީމުގެ އިތުރު ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ސްކޯލާޝިޕްގެ ފުރުސަތުތައް ހުޅުވާލައިފި އެވެ.

އެގޮތުން ޕާޓް ފަންޑެޑް މި ސްކޯލާޝިޕްތަކުގެ ދަށުން ވަނީ އިންޑިއާގެ އެންމެ ރީތި އެއް ސިޓީ ކަމުގައިވާ ބެންގަލޫރުގައި ހުންނަ ގާޑަން ސިޓީ ޔުނިވާސިޓީން 5 ދާއިރާއަކުން ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ސްކޯލާޝިޕް ދޭ ކޯސްތަކުގެ ތެރޭގައި ހިމެނެނީ ބެޗެލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބެޗެލަރ އޮފް ކޮމްޕިއުޓަރ އެޕްލިކޭޝަން، ބެޗެލަރ އިން ބަޔޯޓެކްނޮލޮޖީ، ބަޔޯކެމިސްޓްރީ، ޖެނެޓިކްސް، ބެޗެލަރ އޮފް ފިޒިއޮތެރަޕީ އަދި މާސްޓަރ އޮފް ޓޫރިޒަމް އެންޑް ޓްރެވަލް މެނޭޖްމަންޓެވެ.

މި ސްކޯލާޝިޕްތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި ހިނގާ ޖޫން މަހުގެ 21 ވާ ބުރަސްފަތި ދުވަސް ކަމަށް މައުމޫން ފައުންޑޭޝަނުން ބުނެއެވެ.