ސިއްރު ހެކި ދިނުމަކީ އަނިޔާވެރިވުމަށް ކުރާ ކަމެއް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ޤާސިމް މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގަ އެވެ.
Sihru heki dhinumakee Islam dheenugaives oiykameh noon Adhi QA gai ves oiy kameh noon ehen kamun mi dhekanthakaa khilaafah Qaanoonehves adhi Qavaaidhehves nuhedheene kamah QA bunanee .Veemaa Sihru heki e ee baathil . Eee Aniyaaveri vumah kuraakameh kamah Alhugadu dhekenee
— Qasim Ibrahim (@qasimibrahim) June 4, 2018
އެ ޓްވީޓްގައި ޤާސިމް ވިދާޅުވީ ސިއްރު ހެކި ދިނުމަކީ އިސްލާމް ދީނުގައި ވެސް އަދި ޤާނޫނު އަސާސީގައި ވެސް އޮތްކަމެއްް ނޫން ކަމަށެވެ. އެހެންކަމުން މި ދެކަންތަކާ ޚިލާފަށް ޤާނޫނެއް ވެސް އަދި ޤަވާއިދެއް ވެސް ނުހެދޭނެ ކަމަށްވެސް ޤާސިމް ވިދާޅުވި އެވެ.
"ވީމާ ސިއްރު ހެކި އެއީ ބާތިލް، އެއީ އަނިޔާވެރިވުމަށް ކުރާ ކަމެއް ކަމަށް އަޅުގަނޑު ދެކެނީ،" ގާސިމް ވިދާޅުވި އެވެ.
Mihaaruves QA gai vanee Saree aiy hinganvaanee faalhukan bodukoh haamakamaaeku kamah Sareeaiy koh Hukum kuranvaanee QA aa Qaanoonaa Qaanoonaa khilaafu nuve hadhaafaivaa Ijuraa Aiythakaa ehgothah kamah . Mihen mikan vanikoh migothah thoa mihaaru kan kuranee . Noon Eaakhilaafah .
— Qasim Ibrahim (@qasimibrahim) June 4, 2018
ޤާސިމް ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިހާރުވެސް ޤާނޫނު އަސާސީ ގައި ވަނީ ޝަރީޢަތް ހިންގަންވާނީ ފާޅުކަން ބޮޑުކޮށް ހާމަކަމާއެކު ކަމަށް ކަމަށާއި ޝަރީޢަތްކޮށް ޙުކުމް ކުރަންވާނީ ޤާނޫނު އަސާސީ އާއި ޤާނޫނާއި ޤަވާއިދުތަކާ ޚިލާފުނުވެ ހަދާފައިވާ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ.
"މިހެން މިކަން ވަނިކޮށް މިގޮތަށްތޯ މިހާރު ކަން ކުރަނީ، ނޫން! އެއާ ހިލާފަށް،" ގާސިމް ވިދާޅުވި އެވެ.
ސިއްރު ހެކި ދިނުމަކީ އަނިޔާވެރިވުމަށް ކުރާ ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެފައި މިވަނީ ކޯޓު ތަކުގައި ސިއްރު ހެކިބަސް ދިނުން އާންމުވެ އެކަމަށް ބައެއް ގާނޫނީ ވަކީލުންނާ ސިޔާސީ ބޭފުޅުންވެސް ކަންބޮޑުވުން ފާޅުކުރަމުންދާ ވަގުތެއްގަ އެވެ.