Last Updated: June 24, 00:19
Tuesday, June 23, 2026
ދުނިޔެ

ސަމިޓް ބާއްވައި ދޭން އެދި ކިމް އާދޭސް ކުރި

މިދިޔަ މޭއި މަހު ކުއްލި ގޮތަކަށް އެމެރިކާގެ ރައިސް ޑޮނަލްޑް ޓްރަމްޕް، "ޓްރަމްޕް-ކިމް" ސަމިޓް ކެންސަލް ކުރުމުން އަލުން ސަމިޓް ބާއްވައިދިނުމުށް އެދި ކިމް އާދޭސް ދެންނެވިކަމަށް ޓްރަމްޕް ގެ ލޯޔަރ ރުޑޯލްފް ޖުލިއާނީ ވިދާޅުވެއްޖެއެވެ.

ޖުލިއާނީ ވިދާޅުވީ ޖޫންމަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދިޔަ ސަމިޓް ކުރިން ކެންސަލް ކުރަން ޖެހުނީ އެމެރިކާގެ ނައިބް ރައީސަށް އަމާޒުކޮށް ބަދުބަސް ބުނެ އަދި ނިއުކްލިއަރ ހަނގުރާމައިގެ އިންޒާރު އުތުރު ކޮރެއާ އިން ދިނުމުގެ ސަބަބުންނެވެ.

އާދެ، ކިމް ޖޮންގް އުންވަނީ އޭނާގެ އަތާއި ކުޑަކަކޫ މައްޗަށް ތިރިވެ އާދޭސް ދަންނަވާފައި، އެއީ ހަމަ ޔަގީނުނުންވެސް ތިމީހުންވެސް އޭނަ ދެކެން ބޭނުން ވާނެ ގޮތް

އިސްރާއިލްގެ ތެލްއަވީވް ގައި ކުރިއަށްދިޔަ ބިޒްނަސް ކޮންފަރެންސް އެއްގައި ވާހަކަފުޅު ދައްކަވަމުން ޖުލިއާނީ ވިދާޅުވިއެވެ.

މޭއިމަހުގެ 24 ވަނަދުވަހު ސަމިޓް ކެންސަލް ކުރުމަށްފަހު ޓްރަމްޕް އަލުން ސަމިޓް ބާއްވާނެކަން އިއުލާންކުރީ ކިމްގެ ހާއްސަ މަންދޫބަކު ސީދާ ޓްރަމްޕައަށް އެރުވި ސިޓީއަކަށް ފަހުގައެވެ.

މިސިޓީއަށްފަހު ޓްރަމްޕްވަނީ ނިއުކްލިއަރ ހަނގުރާމައިގެ އިންޒާރުތަކާއި ބަހުގެ ހަމަލާތަކަކީ ކުރީގައި ވެދިޔަ ކަންކަން ކަމަށާއި އެކަން ހަދާން ނައްތާލައި ކާމިޔާބު މަޝްވަރާތަކަކަށް ތައްޔާރަ ތިބިކަމަށް ވިދާޅުވެފައެވެ.