Last Updated: June 28, 04:05
Saturday, June 27, 2026
ޚަބަރު

ގެޓް ސެޓް ލޯނަށް ކުރިމަތިލާން ހުޅުވާލައިފި

ގެޓްސެޓް ލޯނު ޕްރޮގްރާމަށް އިކޮނޮމިކް މިނިސްޓްރީން ފުރުސަތު ހުޅުވާލައިިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ގެޓްސެޓް ލޯނަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 24-28 އަށް ހުޅުވާލާފައިވާ ކަމަށެވެ.

މިކަމަށް އެދޭ ފޯމުގެ ސޮފްޓް ކޮޕީ އާއި ބިޒްނަސް ޕްލޭންގެ ފޯމެޓް މިނިސްޓްރީ އާއި އަތޮޅުގައި ހުންނަ މިނިސްޓްރީގެ ބިޒްނެސް ސެންޓަރުތަކުން ލިބޭނެ އެވެ.

ގެޓްސެޓް ލޯނު ދެނީ އުމުރުން 18-35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

ލޯނުގެ ގޮތުގައި ދެނީ 300،000ރ.-800،000ރ. އާ ދެމެދުގެ އަދަދެކެވެ.

އަދި ލޯނު ދެނީ 200 މިލިއަން ރުފިޔާގެ ބަޖެޓަކުންނެވެ. މި ލޯނު ދޫކުރަނީ ރަހުނެއް ނެތި އެވެ. ލޯނު ދައްކަން ޖެހެނީ ނުވަ އަހަރުންނެވެ. އަދި ގްރޭސް ޕީރިއަޑްގެ ގޮތުގައި 1 އަހަރު ލިބޭނެ އެވެ.

ގެޓްސެޓް ލޯނު މީގެ ކުރިން ތިން ފަހަރު ދޫކޮށްފައިވާ އިރު، އެންމެ ފަހުން ލޯން ދިނީ 37 މީހަކަށެވެ.