Last Updated: July 16, 15:35
Thursday, July 16, 2026
ޚަބަރު

ޖުނައިދު އަނެއްކާ ވެސް ކަސްޓަމްސްގެ ވެރިޔަކަށް

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް، އަނެއްކާ ވެސް މުހައްމަދު ޖުނައިދު އައްޔަންކޮށްފި އެވެ.

އައްޑޫ މީދު އަށް ނިސްބަތްވާ ވިޔަފާވެރިޔާ ޖުނައިދު ކަމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގެ އިތުރުން ކުރިން އެމްޕީއެލްގެ ސީއީއޯގެ މަގާމު ވެސް އަދާ ކުރައްވައިފަ އެވެ.

އޭނާ އަށް އެންމެ ފުރަތަމަ ކަމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމު ދިނީ ނޮވެމްބަރު، 17، 2015 ގަ އެވެ.

އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މަގާމުން އިސްތިއުފާދެއްވީ އާއިލާއަށް ވަގުތު ދެއްވުމަށްކަމަށް ޖުނައިދުއޭރު ވިދާޅުވެފައިވެއެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި އެންމެ ފަހުން ހުންނެވީ އިބްރާހިމް ޝަރީފެވެ.