Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އޭ ލެވެލްގެ ދުނިޔޭގެ 1 ވަނަ އައްޑޫގެ 4 ދަރިވަަރަކަށް

މިދިޔަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރު އަދި މި އަހަރުގެ ޖެނުއަރީގައި ބޭއްވި މަތީ ސާނަވީ އިމްތިހާނުން އެކި މާއްދާތަކުން މުޅި ދުނިޔެ އިން ރާއްޖޭގެ 10 ދަރިވަރަކު އެއް ވަނަ ހޯދައިފި އެވެ.

އޭގެ ތެރޭގައި އައްޑު އަށް ނިސްބަތްވާ 4 ދަރިވަރަކު ހިމެނެ އެވެ.

ސެންޓަ ފޮ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)، އައްޑޫ ހައި ސްކޫލް، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ތަޢުލީމު ޙާސިލްކޮށްފައިވާ މި 10 ދަރިވަރުން އެކައުންޓިނާއި އިކޮނޮމިކްސް އަދި ކެމިސްޓްރީ އާއި ފިޒިކްސްގެ އިތުރުން ބިޒްނަސް އިން މުޅި ދުނިޔެ އިން އެއް ވަނަ ވަނީ ހޯދައިފަ އެެވެ.

* އެކައުންޓިން އިން މުޅި ދުނިޔެއިން 1 ވަނަ:

ސ. ހިތަދޫ ބިލިމަގުމާގޭ ޢާއިޝަތު އާލާ އިޤްބާލް (އައްޑޫ ހައި ސްކޫލް)
ސ. ފޭދޫ ކުމުންޒާނިގޭ ޙުސައިން ރަފްޢާން ސައީދު (އައްޑޫ ހައި ސްކޫލް)
ސ. ހުޅުދޫ އަލިމަސްވާދީ މަރްޔަމް އިންޝާ ޒިޔާދު (ސީއެޗްއެސްއީ)
ޅ. ކުރެންދޫ ނޫރަންގޭ އައިމަން އިބްރާހީމް (ސީއެޗްއެސްއީ)
ތ. ގާދިއްފުށީ ވައިމަތީގޭ ހުޝާމް ޢަބްދުލްޙަމީދު (ސީއެޗްއެސްއީ)
މއ. ގޯލްޑް ހޯޕް އިބްރާހީމް ޝާދިން މުޙައްމަދު (ސީއެޗްއެސްއީ)

* އިކޮނޮމިކްސް އިން މުޅި ދުނިޔެއިން 1 ވަނަ:

ސ. ހުޅުދޫ އަލިމަސްވާދީ މަރްޔަމް އިންޝާ ޒިޔާދު (ސީއެޗްއެސްއީ)
ގދ. ތިނަދޫ ދިރުން އާސިޔަތު އަޤްޞާ ޢަފީފް (ސީއެޗްއެސްއީ)

* ކެމިސްޓްރީ އާއި ފިޒިކްސް އިން މުޅި ދުނިޔެއިން 1 ވަނަ:

މ. ޝަބްނަމްވިލާ މަރްޔަމް އަޒްހާ އިބްރާހީމް (ސީއެޗްއެސްއީ)

* ބިޒްނަސް ސްޓަޑީޒް އިން މުޅި ދުނިޔެއިން 1 ވަނަ:

ސ. ހުޅުދޫ މޭވާގަސްދޮށުގޭ އާމިނަތު އިބާނާ ޝާހިދު (ސީއެޗްއެސްއީ)
ގ. ސިނަމާލެ 02-14-1 ޙަސަން ސަރާޙް (ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް)

އެކި މާއްދާތަކުން ދުނިޔޭއިން އެއް ވަނަ އެ ދިހަ ދަރިވަރުން ހާސިލްކޮށްފައިވާތީ ރައީސް އަބްދުﷲ ޔާމީން ވަނީ ކޮންމެ ދަރިވަރަކަށް ތަހުނިޔާ ވިދާޅުވެ، ކޮންމެ ދަރިވަރަކަށް ވަކިވަކިން ސިޓީއެއް ފޮނުއްވާފައެވެ.

އެ ސިޓީގައި ރައީސް ވިދާޅުވީ އެ ދަރިވަރުން ހޯދި ކާމިޔާބަކީ ދުނިޔޭގެ ނިސްބަތުން ރާއްޖެއަށް ލިބުނު ފަހުރުވެރި ކާމިޔާބީއެއް ކަމަށާއި އަދި ކުރިއަށް އޮތް ތާނގާއި ވެސް ރާއްޖޭގެ ތަރައްގީއާ ކުރިއެރުވުމުގައި އެ ދަރިވަރުންގެ އިހްލާސްތެރި ހިދުމަތް ލިބެމުންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.