ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ޖެހޭ އައްޑޫ ދެ މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.
އަމުރުތަކާ ގުޅިގެން ހޯދަނީ ހިތަދޫ، ޚަރީފީގެ، މުޙައްމަދު ނަޖުމީ، 40، އާއި ހިތަދޫ، ގަނޑުވަރު، ޢަބްދުﷲ، 55، އެވެ.
ނަޖްމީ ހޯދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން، އ ކޯޓަށް ހާޒިރު ކުރުމަށް ބޭނުންވެ ޙާޒިރު ކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން މާދަމާ މެންދުރު 12:00 އަށް ސިވިލް ކޯޓަށް ޙާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.
ސިވިލް ކޯޓަށް ހިލްމީ ހާޒިރު ކުރަން ބޭނުން ވަނީ ދަޢުވާ ކުރާ ސާބިތުދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެންނެވެ. އޭނާ ވެސް ކޯޓަށް ހާޒިރު ކުރަން ޖެހެނީ މާދަމާ މެންދުރު 12:00 އަށެވެ.
އެެހެންވެ އެ ދެ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅައި ހިއްސާ ކުރަން ފުލުހުން އެދިފައިވެ އެވެ.