Last Updated: July 24, 20:27
Friday, July 24, 2026
ޚަބަރު

ހިތަދޫ ބަނދަރުގައި އޮތް ބައު 2 އުޅަނދު ނަގަނީ

ހިތަދޫ ބަނދަރުގައި އަޅާފައި އަޅާފައި އޮންނަތާ ގިނަ ދުވަސްތަކެއްވެފައިވާ ބައު ދެ އުޅަނދު ނަގަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ އެ އުޅަނދުތައް ބަލަހައްޓާނެ ފަރާތެއް ނެތުމުގެ ސަބަބުން ގިނަ ދުވަސްތަކެއްވެ، އުޅަނދުތައް ބަނދަރުތެރެ އަށް ފެތިދާނެކަމުގެ ބިރު އޮތުމާ އެކު އޭގެ ސަބަބުން ބަނދަރު ބޭނުން ކުރާ ފަރާތްތަކަށް ވަރަށް ބޮޑަށް ދަތިވާކަން ފާހަގަވެފައިވާ ކަމަށެވެ.

އެގޮތުން ބަނދަރު ބޭނުން ކުރާ މީހުންގެ ފަރާތުން ޝަކުވާތައް ލިބުމާ ގުޅިގެން އެ ދެ އުޅަނދުގެ ވެރި ފަރާތް ހޯދަން ހައުސިން މިނިސްޓްރީގެ އައްޑޫ ޑިޕާޓްމަންޓުން ކުރި މަސައްކަތުން ވަނީ ވެރި ފަރާތް އެނގޭ ގޮތް ނުވެފައި ކަމަށް ވެސް މިނިސޓްރީން ބުންޏެވެ.

އެހެންވެ ބާ ދެ އުޅަނދުގެ ވެރި ފަރާތުން ކުރިއަށް އޮތް 7 ދުވަހުގެ ތެރޭގައި އެ ތަކެތި ނަގައި ހިތަދޫ ފަޅުތެރޭގެ އެހެން ތަނަކަށް ބަދަލު ކުރަން ވެސް ވަނީ އަންގައިފަ އެވެ.

އަދި އެ މުއްދަތުގެ އެ އެއްޗެހި ނުނަގައިފި ނަމަ ހައުސިންގެ އައްޑޫ ޑިޕާޓްމަންޓުން ދެ އުޅަނދު ނަގައި ހިތަދޫ ފަޅުތެރޭގެ އެހެން ތަނަކަށް ބަދަލު ކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.