Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ނިހާން އިންޑިއާ އަށް ދިޔުމުން ފޮނުވާލައިފި

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ)ގެ ލީޑަރު އަހުމަދު ނިހާން އިންޑިއާގެ ޗެންނާއީއަށް ވަޑައިގެންނެވުމުން އިންޑިއާއަށް އެތެރެވިޔަ ނުދީ އަނބުރާ ރާއްޖެ ފޮނުވާލައިފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ނިހާން އިންޑިއާއަށް އެތެރެވުމަށް މަސައްކަތް ކުރެއްވީ އިއްޔެއެވެ. މި ހަބަރާ ގުޅޭ ގޮތުން ނޫސްވެރިން މައުލޫމާތު ސާފު ކުރުމަށް ގުޅާތީވެ އެކަމާބެހޭ ގޮތުން ނިހާން ކުރެއްވި ޓްވީޓެއްގައި އޭނާވަނީ އިންޑިއާއަށް އޭނާ ކުރެއްވީ އަމިއްލަ ދަތުރެއް ކަމަށް ބުނެފައެވެ.

އަދި އެދަތުރުގައި އިންޑިއާއަށް އެތެރެ ނުވެވި އަނބުރާ ރާއްޖެ ފޮނުއްވާފައިވާ ކަމުގެ މަޢުލޫމާތު ސާފު ކުރެއްވުމަށް މެސެޖް ކުރައްވަމުން ގެންދަވާ ނޫސްވެރިން މިރޭ 10 އެއް ޖަހާއިރު ހޮޓެލް ޖެންއަށް ދިއުމަށް އެދި ޓްވީޓެއް ކުރައްވާފައެވެ.

ނިހާނު އިންޑިޔާއަށް އެތެރެވުމުގެ ފުރުސަތު ލިބިފައިނުވާއިރު، އޭނާ އަކީ އިންޑިއާގެ ޖީއެމްއާރް ކުންފުނި ބޭރުކުރުމަށާއި، އިންޑިއާގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ.