Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

އެމެރިކާ ސަފީރު އިދިކޮޅު ޕާޓީތަކާ ބައްދަލުކޮށްފި

އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަތުލް ކެޝާޕް އިދިކޮޅު ފަރާތްތަކާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

މިއަދު މެންދުރު އެމްޑީޕީގެ އޮފީހުގައި ކުރިއަށް ދިޔަ އެ ބައްދަލުވުމުގައި އެމްޑީޕީ އާއި ޖޭޕީ އާއި އަދާލަތު ޕާޓީން ބައިވެރިވެފައިވެ އެވެ.

މީގެ އިތުރުން އަތުލް ކެޝާ ޕްވަނީ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މަޖިލީހުގެ 12 މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުންނާއި ޖޭޕީގެ އޮފީހުގައި ވެސް ބައްދަލު ކުރައްވާފައެވެ.

އަތުލް ކެޝާޕްގެ ސަފީރުކަމުގެ މުއްދަތު މިއަހަރަށް ހަމަވާތީ އެ މަޤާމަށް މިހާރު ނޭޕާލުގެ ސަފީރުގެ ގޮތުގައި ހުންނެވި އެލައިނާ ޓެޕްލިޒް އައްޔަން ކުރުމަށް ވަނީ ނިންމާފައެވެ.