Last Updated: July 27, 18:03
Tuesday, July 28, 2026
ކުޅިވަރު

ލިޗްސްޓެއިނާ އާސެނަލަށް ސޮއިކޮށްފި

ޔުވެންޓަސްގެ ޑިފެންޑަރު ލިޗްސްޓެއިނާ އާސެނަލްއަށް އަންނަ ސީޒަނުގައި ކުޅުމަށް އެއްބަސްވެ، އެކުލަބަށް ސޮއިކޮށްފިއެވެ.

އާސެނަލްގެ އާކޯޗު، އުނެއި އެމްރީ ކުލަބަށް ގެނައި ފުރަތަމަ ކުޅުންތެރިޔަކަށް ސްވިޒަލޭންޑުގެ ލިޗްސްޓެއިނާ ވެފައިވާއިރު އޭނާ ވަނީ މިސީޒަނުގައި ޔުވެންޓަސް ޓީމުގައި ވިންގް ބެކްއެއްގެ ރޯލުގައި މުހިންމު ކުޅުމެއް ދައްކާފައެވެ.

އުނެއި އެމްރީ ވަނީ ލިޗްސްޓެއިނާ އާސެނަލްއަށް ސޮއިކުރުމުން އޭނާއަށް ތައުރީފުކޮށް، ހިތްވަރު ދީފައެވެ. އެމްރީ ބުނެފައިވަނީ ލިޗްސްޓެއިނާއަކީ ތަޖުރިބާ ހުރި އަދި އެހާމެ މޮޅު ޑިފެންޑަރެއް ކަމަށެވެ.

އާ ސީޒަން ފެށުމުގެ ކުރިން އާސެނަލާ އާ ގޯލުކީޕަރެއް ގުޅުމުގެ ފުރުސަތު ބޮޑު ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ. އަދި މިޑްފީލްޑަރަކާއި އިތުރު ޑިފެންޑަރެއްވެސް އާސެނަލާ ގުޅުމުގެ ފުރުސަތު އެބައޮތް ކަމަށް ޚަބަރު ލިބެއެވެ.