Last Updated: July 1, 18:18
Wednesday, July 1, 2026
ވިޔަފާރި

ރައީސް ނަޝީދު ފޭދޫގައި ގެސްޓު ހައުސްއެއް ހުޅުވައިދެއްވައިފި

އައިސްގެ ގެސްޓު ހައުސްގައި އެމްޑީޕީގެ ޗެއާޕާސަން ރީކޯމޫސާ/ ފޮޓޯ: ފޭދޫ ހަބަރު ކޮމިއުނިޓީ

އެމްޑީޕީގެ ރިއާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު މިއަދު ހަވީރު ފެދޫގެ ގެސްޓު ހައުސްއެއް ހުޅުވައިދެއްވައިފިއެވެ.

އެމްޑީޕީގެ ބޮޑު ޖަލްސާއަށް މިއަދު އައްޑޫއަށް ވަޑައިގެންނެވި ނަޝީދު ހުޅުވައިދެއްވީ ފޭދޫ "އައިސްގޭ"ގައި ހަދާފައި ހުރި ގެސްޓު ހައުސްއެެވެ.

އެމްޑީޕީގެ ގެސްޓް ހައުސް ސިޔާސަތުގެ ދަށުން ރާއްޖޭގެ މީހުން އުޅޭ ރަށްތަކުގައި ގެސްޓު ހައުސް ހެދުމަށް ރައީސް ނަޝީދު ވަނީ ވަރަށް ބޮޑަށް ހިތްވަރު ދެއްވާފައެވެ.

މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ނަޝީދު އާއި އެކު ދާދި ފަހުން އެމްޑީޕީ އާއި ގުޅުނު ރައްޔިތުންގެ މަޖިލިސްގެ ރައީސް އާއި އެމްޑީޕީގެ ޗެއާޕާސަންގެ އިތުރުން އެމްޑީޕީގެ އިސްބޭފުޅުންނާއި، ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.