Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

މުދަލު ޒަކާތުގެ ނިޞާބު އަނެއްކާވެސް ބަދަލުވެއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ މިންވަރަށް އަނެއްކާ ވެސް އިސްލާމިކް މިނިސްޓްރީން ބަދަލު ގެނެސްފި އެވެ.

އެ މިނސިްޓްރީން ބުނީ މި މަހުގެ 3 އިން ފެށިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބަކީ 4,861.15ރ. ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ މިންވަރަށް ބަދަލު ގެނެސްފަ އެވެ.

އެގޮތުން ފެބްރުއަރީ މަހުން ފެށިގެން މި މަހުގެ 3 ވަނަ ދުވަހާ ހަމައަށް މުދަލު ޒަކާތުގެ ނިސާބަކީ 5033.70ރ. ގަ އެވެ. އޭގެ ކުރިން މުދަލު ޒަކާތުގެ ނިސާބަކީ 4944.40ރ. އެވެ.

ނިޞާބު ހަމަވާ ވަރަށް އަތުގައި ފައިސާ ހުރެ، ހިޖުރީ ގޮތުން އަހަރެއް ވުމުން އޭގެ 40 ބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ނެރުމަކީ ދީނީ ގޮތުން ވާޖިބެކެވެ.

މުދަލު ޒަކާތް ބަހަނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ފަގީރުންގެ މެދުގަ އެވެ.

2016 ވަނަ އަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން، މުދަލު ޒަކާތް ބަލައިގަންނަނީ ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނެވެ. އަދި އޮންލައިންކޮށް ވެސް ޒަކާތް ދެއްކޭ ގޮތް ހަމަޖައްސާފައި ވެ އެވެ.