އާދިއްތަ ދުވަހު ގުއާޓެމާލާގެ ފޫގޯ ނަމަކަށް ކިޔާ އަލިފާން ފަރުބަދަ ގޮވި ހާދިސާގައި މަދުވެގެން 192 މީހުން ގެއްލިފައިވަ ކަމަށާއި އޭގެ އިތުރަށް 75 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ.
އެ ފަރުބަދައިން ފޭބި އަޅިން އަވަށެއް ވަނީ މުޅިން ގެއްލިފައެވެ.
ލިފާން ފަރުބަދަ އިއްޔެގައި ދެވަނަ ފަހަރަށް ގޮވި އިރު ފުރަތަމަ ގޮވުމުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 75 އަށް އަރާފައެވެ. ފުރަތަމަ ގޮވުމުގައި ހާލުގައި ޖެހުނު މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ އަލިފާން ފަރުބަދަ ވަނީ އިއްޔެ ފެވަނަ ފަހަރަށް ގޮވާފައެވެ.
ފުރަތަމަ ގޮވުމުގެ އަސަރު 1.7 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮށްފައިވާއިރު، 3000 އަށްވުރެ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.
އެ ފަރުބަދަ އިއްޔެ ދެވަނަ ފަހަރަށް ގޮވާފައި ވަނީ އާދިއްތަ ދުވަހަށްފަހު ކައިރި މުސްތަޤްބަލެއްގައި ފަރުބަދަ ނުގޮވާނެ ކަމަށް ކަމާއިބެހޭ މާހިރުން ލަފާކޮށްފައި ވަނިކޮށެވެ.
މަރުވި ކަން ކަށަވަރުވި 75 މީހުންގެ އިތުރުން 200 މީހަކަށް ވީނުވީއެއް ނޭނގޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ފޫގޯ އަލިފާން ފަރުބަދައިގެ ކައިރީގައި ދިރިއުޅޭ މީހުންނަކީ ކުއްލި ހާލަތްތަކަށް ތަމްރީނުވެފައިވާ ބަޔަކަށް ވިޔަސް ފުރަތަމަ ގޮވުން ގޮވިލެއް އަވަސްކަމުން އެގޮވުމާ ބެހޭ އެއްވެސް އިންޒާރެއް މީހުންނަށް އޮތީ ނުދެވިއެވެ.