ޕާސްޕޯޓު ހިފަހައްޓައި އެތައް ބަޔަކަށް ރާއްޖޭން ބޭރަށް ދަތުރު ނުކުރެވޭ ގޮތް ހެދުމުން އަތް ޖަހަން ހުރި މީހަކު އިންޑިއާ އަށް ނޭރުވުމުން ދެފައި ތަޅާފައި ރޮއިގަތް މަންޒަރު ފެންނަނީ ކަމަށް ބުނެ ޕީޕީއެމްހެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
އަމީތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާސްޕޯޓު އަތުގައި އޮވެމެ، ދަތުރު ނުކުރެވޭ ކަމަށާއި، ހަގީގީ ގައިދީންނަކީ ޔާމީން އާއި ޔާމީންގެ ބައިވެރިންކަމަށެވެ.
PP thah hifahattaa, ethah bayakah dhathuru nukurevey goy hadhaa, ayyjahan huri meehaku, #India ah access nulibuneema dhefai thalhaafa roigayy manzar mi fenuny!
Miadhu ethah bayaka aniyaa dhee ayy'jahan thibefa, maadhamaa mi meehun jalah dhaanjehuneema ulhegannaany kihinakunbaa!?
— Mohamed Ameeth (@MohamedAmeeth) June 6, 2018
އަމީތު މިފަދަ ޓްވީޓެއްކޮށްފައިވާ އިރު ދާދި ފަހުން އަމީތުގެ ކާފަ ނިޔާވެގެން މޫނު ދެކިލުމަށް އަވައްޓެރި ލަންކާއަށް ވަނީ ޕާސްޕޯޓު ހިފަހައްޓާފައި އޮތުމުން ދެވޭ ގޮތް ނުވެފައެވެ، އެކަމުގެ ހިތާމައިގައި އަމީތުވަނީ ސަރުކާރަށް ފާޑުވިދާޅުވެ ޓްވީޓު ކުރައްވާފައެވެ.
Insaaniyyathaa khilaaf jareemaa thakaa, corruption aa fasaadhaige baiverivefa thibey meehunnah gaumuthakah dhathuru nukurevey goyy vumakee aa kameh noon. E ee bully kurumeh noon.
Passport athuga oveme dhathureh nukurevey! Hageegee gaidheennakee #Yameen aa #Yameen ge baiverin.
— Mohamed Ameeth (@MohamedAmeeth) June 5, 2018
އަމީތު ވިދާޅުވީ އިންސާނިއްޔަތާއި ހިލާފު ޖަރީމާތަކާއި، ކަރަޕްޝަން އާއި ފަސާދައިގައި ބައިވެރިޭ ފައި ތިބޭ މީހުންނަށް ގައުމުތަކަށް ދަތުރު ނުކުރެވޭ ގޮތް ވުމަކީ އާކަމެއް ނޫންކަމަށާއި، އެއީ ބުލީ ކުރުމެއް ނޫންކަމަށެވެ.
ނިހާނު އިންޑިއާއަށް ނޭރުވި ނޭރުވުން ސިފަ ކޮށްފައިވަނީ އިންޑިއާއިން އޭނާ ބުލީ ކުރީކަމަށެވެ.