Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

"ނިޔާމަ" ބޯޓް ގުރައިދޫ ނެރަށް އަރައި ގެއްލުންވެއްޖެ

ތ އަތޮޅު ގުރައިދޫ ނެރުގެ އުތުރު ފަރާތަށް މާލެއިން ފުރައިގެން ދިޔަ "ނިޔާމަ" ބޯޓު އަރައި، ބޯޓަށް ގެއްލުންތަކެއް ލިބިއްޖެއެވެ.

މާލެއިން ފުރައިގެން ގދ. ތިނަދޫއަށް ދަތުރުކުރަމުން ދިޔަ މި ބޯޓު ގުރައިދޫ ނެރަށް އަރާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެމްއެންޑީއެފްގެ ކޯސްޓު ގާޑުގެ އިތުރުން ފުލުހުންވެސް ބޯޓު ފުންކުރުމުގެ މަސައްކަތުގައި ބައިވެރިވެފައިވެއެވެ.

ބޯޓު ފަރަށް އެރިއިރު ތިން ދިވެހިންނާއި އަށް ބިދޭސީން ބޯޓުގައި ތިއްބެވެ. އެއްވެސް މީހަކަށް ގެއްލުމެއް ވެފައިނުވި ނަމަވެސް ފަރަށް އެރުމުގެ ސަބަބުން ބޯޓަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.