Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފި

ބޯކޮށް ވާރެވެހި 50 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

ޔެލޯ އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން ގދ.އަތޮޅާއި ދެމެދުގެ ސަރަހައްދަށެވެ. އެލާޓް ނެރެފައިވަނީ މެންދުރު ފަހު 1:30 ފެށިގެން ހަވީރު 17:30 އަށް ކަމަށް މޫސުމާބެހޭ އިދާރާއިން ބުނެއެވެ.

މި ވަގުތުތަކުގައި އެ ސަރައްދުތަކަށް ބޯކޮށް ވާރޭވެހި ކަނޑުތައް ވެސް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދެއްވައެވެ. ވައި ގަދަވެ ވިއްސާރާ ދުވަސްވަރު ކަނޑުމަތީގެ ހާދިސާތައް ހިނގުމަކީ ވަރަށް ގިނައިން ދިމާވާ ކަމެކެވެ. އެހެން ކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރު ކުރުމުގައި ސަމާލުކަން ދެއްވުން އެއީ ވަރަށް މުހިއްމު ކަމެކެވެ.