ޕޯޗުގަލްގެ އެފްސީ ޕޯޓޯގެ ޒުވާން ޑިފެންޑަރު، ޑިއޯގޯ ޑެލޮޓް މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.
އިއްޔެގެ ވަގުތެއްގައި ޑެލޮޓް ސޮއިކުރި ކަން ކުލަބުން އިއުލާން ކޮށްފައިވާއިރު ޑެލޮޓް އިނގިރޭސި ވިލާތަށް ގެނެސްފައިވަނީ 19 މިލިއަން ޕައުންޑުގެ ފީއެއް ޕޯޓޯއަށް ދެއްކުމަށް ފަހުގައެވެ.
މެން ޔުނައިޓެޑަށް ސޮއިކުރުމަށް ފަހު ޑެލޮޓް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ކުލަބަށް ސޮއިކުރުމަށް ލިބުނު ފުރުސަތަކީ އޭނާއަށް ނަގާލެވޭނެ ފުރުސަތެއް ނޫން ކަމަށެވެ.
ޔުނައިޓެޑުގެ މެނޭޖަރު ޖޯސޭ މޮރީނިއޯ ވަނީ ޑެލޮޓްއަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ. މޮރީނިއޯ ބުނެފައިވަނީ އޭނާގެ ގައުމުގެ ކުޅުންތެރިޔާއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ޒުވާން ފުލްބެކް ކަމަށެވެ.
ޔުނައިޓެޑުން ވަނީ އަންގާރަ ދުވަހު ބްރެޒިލްގެ ގައުމީ ޓީމަށް ކުޅެމުން އަންނަ ޝާކްތާރް ޑޮނެސްކްގެ ފްރެޑްވެސް ކުލަބަށް ގެނެސްފައެވެ.