Last Updated: June 13, 11:19
Saturday, June 13, 2026
ޚަބަރު

އުއްތަމަ ފަނޑިޔާރުގެ ހުކުމަށް ހައި ކޯޓުން ތާއިދުކޮށްފި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މާލެ ގެނައުމުން ލޯންޗުން ފައިބާ ވަޑައިގަންނަވަނީ -- ފޮޓޯ: ވީނިއުސް (ޔޫސުފް ސޮފްވާން (ސޮއްޕެ))

ސަރުކާރުގެ ލިޔެކިއުން ބަދަލުކުރާ އީ ލެޓަރ ސިސްޓަމް (ޖެމް) ހުއްޓުވި މައްސަލާގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމަށް ހައިކޯޓުން ތާއިދުކޮށްފިއެވެ.

ހައިކޯޓުގައި މިއަދު ކުރިއަށްގެން ދިޔަ ޝަރިއަތުގައި ބެންޗުގައި ތިއްބެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ ދަށު ކޯޓުގެ ހުކުމް ބަދަލު ކުރަންޖެހޭ ސަބަބެއް ނެތްކަމަށެވެ.

މި މައްސަލައިގެ އިސްތިއުނާފް ދެ އަޑުއެހުމެއް ހައިކޯޓުގައިވަނީ ކުރިއަށް ގެންގޮސްފައެވެ.

ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ގެ ޚިދުމަތް ސުޕްރީމް ކޯޓުން ކަނޑާލަން އުއްތަމަ ފަނޑިޔާރު އެންގެވި މައްސަލާގައި ކުރި ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ، އެމަނިކުފާނު އިއްވާފައި ވަނީ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.