ދައުލަތުގެ ވިޔަފާރި ކުންފުނި އެސްޓިއޯއިން ވިއްކާ ޑީސަލްގެ އަގު އަނެއްކާވެސް ބޮޑުކޮށްފިއެވެ.
އެސްޓިއޯއިން ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ގުޅިގެން މިފަހަރު ބޮޑު ކުރީ ޑީސަލް ލީޓަރަކުން 10 ލާރި ކަމަށެވެ. އެހެންވެ ދެން ޑީސަލް ލީޓަރެއް ވިއްކާނީ 11.23 ލާރި އަށެވެ.
އެސްޓިއޯއިން ވަނީ މިދިޔަ މޭއި މަހުގެ 24 ވަނަ ދުވަހުވެސް ތެލުގެ އަގަށް ބަދަލު ގެނެސްފައެވެ. އެފަހަރު ޑީސަލް ލީޓަރަކުން 41 ލާރިވަނީ ބޮޑުކޮށްފައެވެ.