Last Updated: June 13, 11:19
Saturday, June 13, 2026
ޚަބަރު

ރޮއި ހޭރުނަސް ގޮނޑި ނުލިބޭނެ: ނިހާން

ޕީޕީއެމް ޕީޖީ ގްރޫޕް ލީޑަރ އަހުމަދު ނިހާން، ފޮޓޯ: ސަން

ޕީޕީއެމްއިން ވަކިވެ އިދިކޮޅު ފަރާތްތަކާއި ގުޅުނު 12 މެމްބަރުންގެ ގޮޑި ކިތަންމެ ވަރަކަށް "ރޮއި ހޭރުނަސް" މިދައުރުގައި ނުލިބޭނެކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު އިންޑިއާއަށް ވަޑައިގަތުމުން އެގައުމަށް އެތެރެވިޔަ ނުދީ ނިހާނު ފޮނުވާލުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް މެމްބަރުންނާއި ނިހާނުއަށް ފާޑު ވިދާޅުވުމުން ނިހާން ވަނީ އޭނާގެ ރުޅިގަނޑު އެމެމްބަރުންނަށް ރައްދުކޮށްފައެވެ.

އެގޮތުން މަޑުއްވަރީ ދާއިރާގެ މެމްބަރު އަމީތުއަށާއި، މެމްބަރު އަބުޅޯއަށް އަމާޒުކޮށް ނިހާނު ވިދާޅުވީ "ކިތަންމެ ވަރަކަށް ރޮއެ ހޭރުނަސް ދެން މަޖްލިސްގެ ގޮނޑިތަކެއް މި ދައުރަކު ނުލިބޭނެ،އިރާދަކުރެއްވިއްޔާ އަދި ފަހުން ވެސް ނުލިބޭނެ،"ކަމަށެވެ.

ނިހާން ވިދާޅުވީ، "ހަރާމް ބަޣާވާތެއް ކުރަން ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުގެ ގޮނޑި ވިއްކި ޓީމަށް މެންބަރުކަން ގެއްލުނީ މަށާ ހެދިއެއް ނޫން،" ކަމަށެވެ.

ނިހާނު އަކީ އިންޑިއާއަށް ނޭރުވި ރާއްޖޭގެ ސަރުކާރުގެ އިސް ފުރަތަމަ މީހާއެވެ.

ނިހާނު އާއި މެމްބަރުން ދެމެދު ހިނގި ޒުވާބުތަކުގައި މަޖްލިސް ގޮޑި ގެއްލިފައިވާކަމަށް އިލެކްޝަނުން ބުނާ މެމްބަރުންނަށް ދެއްވާ ރައްދު ވަރުގަދައެވެ. އަދި އެމެމްބަރުންވެސް ދަނީ ނިހާނުއަށް ހޫނު ހަމަލާ ފޮނުވަމުންނެވެ.

އެގޮތުން އަމީތު ވިދާޅުވީ"ޕާސްޕޯޓްތައް ހިފަހައްޓާ، އެތައް ބަޔަކަށް ދަތުރު ނުކުރެވޭ ގޮތް ހަދާ، އަތްޖަހަން ހުރި މީހަކު އިންޑިއާއަށް ނުވަދެވުމުން ދެފައި ތަޅާފަ ރޮއެގަތް މަންޒަރު މި ފެންނަނީ،" ކަމަށެވެ.

ބަހުގެ ހަމަލާތައް މެމްބަރުންނާއި ނިހާނު އާއި ދެމެދު އޮތް އިރު އިއްޔެ ދިވެހި ސަރުކާރުން ވަނީ މި މައްސަލާގައި އިންޑިއާއިން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. މިކަމާއި ގުޅިގެން ދެގައުމުންވެސް އަދި ރަސްމީ އެއްޗެއް ބުނެފައިނުވެއެވެ.