މަސްވެރިކަމުގައި އުޅެނިކޮށް ފިޓު ޖެހި ހާލު ދެރަވި މީހަކު އެމްއެންޑީއެފް ކޯސްޓުގާޑުގެ އެހީތެރިކަމާއި އެކު އަވަސް ފަރުވާއަށް ގދ. ތިނަދޫއަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފްއިން ބުނީ "ވާލި 8" ނަމަކަށް ކިޔާ ދޯނީގެ ފަޅުވެރިއެއްގެ ހާލުބޮޑުވިކަމުގެ ރިޕޯޓު ލިބުނީ މިއަދު މެންދުރު 12 ޖެހިއިރު ކަމަށެވެ. އެއާއި އެކު އެމްއެންޑީއެފްގެ އުޅަނދެއް ފޮނުވައިގެން ބަލި މީހާ ނެގީކަމަށެވެ.
އޭރު އެދޯނި މަސްވެރިކުރަމުން ދިޔައީ ގދ. ތިނަދޫ އްާއި 15 މޭލު ބޭރުގައި އޮތް މަސް ބޮއި ކައިރިން ކަމަށެވެ.
އެމްއެންޑީއެފްއިން ބުނީ އެމީހާ ފަރުވާ ދިނުމަށް މެންދުރު 1:15 ހާއިރު ތިނަދޫއަށް ގެނެސްފައިވާ ކަމަށެވެ.