އަންނަ ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ޓިކެޓް އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕް ލީޑަރ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ހައްގުކަމަށް ޕީޕީއެމް ޕީޖީ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު ވިދާޅުވެއްޖެއެެވެ.
ނިހާނު މިފަދައިން ވިދާޅުވެފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަހުމަދު މަހްލޫފު، ރައީސް ނަޝީދަށް ކުރިމަތި ނުލެވޭނަމަ ދެން ތާއިދު ކުރާނީ އިބޫއަށް ކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓާއި ގުޅިގެން އިބޫއަށް އެކި ފަރާތްތަކުން ތައުރީފާއި، ފާޑު އަމާޒު ވެފައިވަނިކޮށް ކުރެއްވި ޓްވީޓެއްގައެވެ.
Ibu ah MDP Candidacy Haggu! https://t.co/JNV1E4E3s8
— Ahmed Nihan (@ahmed_nihan) June 6, 2018
މަހްލޫފްގެ ޓްވީޓާއި ގުޅިގެން ބައެއް ފަރާތްތަކުން ކިޔަމުންދިޔަ ފާޑުކިއުންތަކަށް އިބޫ އެއްޗެއް ވިދާޅުވި ނަމަވެސް އިބޫގެ އަނބިކަބަލުން ވަނީ ޅެން ބައިތަކުން ރައްދުދެއްވާފައެވެ. ނިހާނު އިބޫއަށް ކެންޑިޑޭސީ ހައްގުކަމަށް ވިދާޅުވީ އެ ވާހަކަ ހިއްސާ ކުރައްވަމުންނެވެ.
ނިހާން ވިދާޅުވީ އެމްޑީޕީގެ އެންމެ ހައްގީ އިބޫއަށް ކަމަށެވެ.
އިދިކޮޅު ކެންޑިޑޭޓަކަށް އެއްބަޔަކު އިބޫއަށް ތާއިދު ކުރައްވާ އިރު، އެމްޑީޕީ ތެރެއިންވެސް ވަނީ އިބޫއަށް ފާޑުކިއުން އަމާޒުވެފައެވެ.
Ibu himeynun, dhifaaugai nukuthee aailaa! https://t.co/bVOpujNCAI Alhuagbdu Abadhuves Dhakkaa vaahaka eh miee, MDP ge Riyasee tkt enmme haggu beyfulhakee Ibrahim Mohammed Solih.
— Ahmed Nihan (@ahmed_nihan) June 7, 2018
ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ދާދި ފަހުން ބޭއްވި ޕްރައިމަރީގައި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކާމިޔާބު ކުރައްވާފައެވެ. ނަމަވެސް ނަޝީދަކީ 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅެކެވެ. ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނު ބުނާ ގޮތުން އަންނަ ރިޔާސީ އިންތިހާބަށް ރައީސް ނަޝީދަށް ފުރުސަތެއް ނެތެވެ.