ސީރިއާގައި ކުރިއަށްދާ ދާހިލީ ހަނގުރާމާގައި ބައިވެރިވުމަށް އެގައުމަށްދާން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ހައްޔަރުކޮށްފައިވަނީ ރޭ ފުރަން ގޮސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓާއެވެ. އެމީހަކީ މީގެ ކުރިންވެސް ސީރިއާއަށް ދާން އުޅެގެން ފާސްޕޯޓު ހިފަހައްޓާފައި ހުރި މީހެކެވެ.
މިކަމާއި ގުޅޭ ގޮތުން ފުލުހުން އަދި ވަކި އެއްޗެއް ހާމަކޮށްފައިނުވެއެވެ.
ބޭރު ގައުމުތަކުގައި ކުރިއަށްދާ ހަނގުރާމަތަކަށް ފަހަކަށް އައިސް ދިވެހިން ދާ މިންވަރު އިތުރުވުމާއި ގުޅިގެން އެކަން ބަލައި ހުއްޓުވުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފާއިތު ދުވަސްތަކުގައި ސީރިއަށް ދާން އުޅުނު 68 މީހަކު ވަނީ ހިފަހައްޓާފައެވެ.