އަންގާރަ ދުވަހުގެރޭ އައްޑޫ ސިޓީގައި ހިނގި މާރާމާރީގައި ހައްޔަރު ކޮށްފައިވާ 4 މީހުންގެ ތެރެއިން 3 މީހެއްގެ މުއްދަތު އިތުރުކޮށްފިއެވެ.
އައްޑޫ ސިޓީ މަރަދޫ ވެންބޮޅަފިށި ދަނޑުގައި ކުރިޔަށްދާ ގޯދިއްޔާ ފުޓްސަލް މުބާރާތުގެ މެޗް ބަލަން ގޮސްތިބި ސަޕޯޓަރުންގެ ތެރެއިން ބައެއްގެ މެދުގައި ހިނގި މާރާމާރީއާއި ގުޅިގެން މި ހަތަރު މީހުން ހައްޔަރު ކޮށްފައިވަނީ ފުލުހުންނަށް ލިބުނު ރިޕޯޓަކަށް ފުލުހުން އެތަނަށް ގޮސް ކަމަށް މަޢުލޫމާތު ލިބެއެވެ. ހިތަދޫ، މަރަދޫ އަދި ފޭދޫގެ ޒުވާނުން ތަކެއްގެ މެދުގައި ހިނގި މި މާރާމާރީ ހުއްޓުވުމަށް 3 ގަޑިއިރު ނެގި ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެއެވެ.
އެރޭގެ ހަމަނުޖެހުމަށްފަހު ބުދަ ދުވަހުގެރޭ ވެސް މެޗް ބަލަން ގޮސް ތިބި ޒުވާނުންތަކެއްގެ މެދުގައި މާރާމާރީ ހިންގަން މަސައްކަތްކޮށްފަވެއެވެ. ފުލުހުން މާރާމާރީ ކޮންޓްރޯލް ކުރުމަށްޓަކާ ޖެހުނީ ކަރުނަ ގޭސް ބޭނުންކުރާށެވެ.
ހައްޔަރުކޮށްފައިވާ 3 މީހުންގެ ބަންދުގެ މުއްދަތަށް އިތުރު ކޮށްފައިވަނީ 10 ދުވަހެވެ.