މަޝްހޫރު ގާނޫނީ ވަކީލު އަދި ކުރީގެ ރައީސް މައުމޫނާއި އެމަނިކުފާނުންގެ ދަރިކަލުން، އަހުމަދު ފާރިސް މައުމޫންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް މަސައްކަތް ކުރައްވަމުން އަންނަ މައުމޫން ހަމީދު ފުލުސް އޮފީހަށް މިއަދު ހާޒިރުކޮށް، އޭނާގެ އަޑުގެ ސާމްޕަލެއް ބަޔާނާ އެކު ނަގައިފިއެވެ.
ފުލުހުން މައުމޫނާ ދެކޮޅަށް ތުހުމަތު ކުރަނީ ފުލުހުން ބަލަމުންދާ މައްސަލައެއްގެ ހެއްކާ ގުޅޭގޮތުން ދޮގު މައުލޫމާތު ދިން ކަމަށެވެ. އެއީ މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކޮށް މައުމޫން ދެއްކެވި ވާހަކައެއްގެ މައްޗަށް ބިނާކޮށެވެ.
މީގެ އިތުރުންވެސް ފުލުހުން ވަނީ މައުމޫންގެ މައްޗަށް ހެކި ފޮރުވަން މަސައްކަތް ކުރުމާއި ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ދަތިކުރަން އުޅުމާއި ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ އިތުރުން ކުށެއް ކުރަން އުޅުނު ކަމަށްވެސް ތުހުމަތުކޮށްފައެވެ.
މައުމޫން ވިދާޅުވެފައިވަނީ ފުލުހުން އޭނާގެ ކިބައިން އެދުނު ހުރިހާ ކަމެއް ކޮށްދީފައިވާ ކަމަށާއި ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދީފައިވާ ކަމަށެވެ. އެގޮތުން ފޮޓޯއަކީ އަޑުގެ ސާމްޕަލެއްގެ އިތުރުން އޭނާގެ ބަޔާން ކޯޓު އަމުރެއްވެސް ނެތީސް ފުލުހުންނަށް ދިނީ
"އެއްލަކިން" ތަހުގީގު ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމަށް ކަމަށް އޭނާ މީޑިޔާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.