Last Updated: June 10, 20:48
Wednesday, June 10, 2026
ވިޔަފާރި

ރިޒާވްގައި އޮތީ 118 މިލިއަން ޑޮލަރު: އިލްޔާސް

އިލްޔާސް ލަބީބް އައްޑޫ ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަނީ. ފޮޓޯ/ ޝަރަފް

ރާއްޖޭގެ ރިޒާވުގައި މިވަގުތު އޮތީ އެންމެ 118 މިލިއަން ޑޮލަރު ކަމަށް އެމްއެމްއޭގެ ގަވަރުނަރު ވިދާޅުވާ އިރު ވެސް ފެނިގެން ދަނީ "ބާޣީ" ވަހީދު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ރައްޔިތުންގެ ފައިސާ އިން ބޭކާރު ގޮތުގައި ޚަރަދު ކުރައްވަައިގެން ދަތުރު ކުރައްވާ މަންޒަރުކަމަށް ވާތީ އެކަމުގައި އެމްޑީޕީން ބާރުގަދަކޮށް ހިފައި ދުލެއް ނުދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާވެއްޖެ އެވެ.

"މިސަރުކާރުގެ ޚަރަދު ބޮޑުކަމުގެ ވާހަކަ ދެކެވޭއިރު އަޅުގަޑުމެންނަށް އަޑުއިވެނީ ދެ ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓް ރަށްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވާ ވާހަކަ. އަޅުގަނޑު ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނާ އެކީ މަޝްވަރާ ކުރުމަށް ފަހު އަޅުގަނޑުމެން ނިންމާނީ އެއީ ބަލައި ނުގަންނާނޭ ސަޕްލިމެންޓްރީ ބަޖެޓެއް ކަމުގައި. އަޅުގަނޑުމެން އެބަޖެޓް ބޭރުކޮށްލާނަން." ރޭ ހިތަދޫގައި ބޭއްވި "އެއްބުރުން" ޖަލްސާގައި އިލްޔާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންނަށް ތަރައްގީ އާއި ކުރިއެރުން ލިބޭނެ ގޮތްތައް ހޯދައި ދިނުމަށް މަސައްކަތް ކުރަމުން ކަމަށާއި އައްޑޫގައ ގެސްޓް ހައުސް އެޅޭނެ ގޮތަށް މަގުފަހިކޮށްދޭ ޕްލޭންތަކެއް ރާވަމުންދާ ކަމަށެވެ.
އަދި އެމްޑީޕީން މި އައްޑޫގައި 3،000 ބެޑުގެ ގެސްޓް ހައުސް ގާއިމްކޮށް އައްޑޫ ރަށްޔިތުންނަށް އިތުރު ވަޒީފާގެ ފުރުސަތުތައް ލިބޭނެ ގޮތަށް މަގުފަހިކޮށް ދިނުމުން އައްޑޫގެ ރައްޔިތުންގެ ޖީބަށް ޑޮލަރާއި ފައިސާ ވަންނާނެ ގޮތްތައް ހޯދިގެން ދާނެ ކަމަށެވެ.

"އަޅުގަޑުނމެންނަށް ފެންނަނީ ބަޣާވާތުގެ އަހުލުވެރީން ސަރުކާރުގައި ނަމެއްގައި ތިބެ ކޯލިޝަން ހަދައިގެން ބައި އަޅަމުންދާ މަންޒަރު. ގާސިމް އިބްރާހިމް ރިޔާސީ އިންތިޚާބުގައި ވައުދުވާން ނިކުމެ މިބުނަނީ 10 ރިސޯޓް ތިމަންނައަށޭ . ދެ ކުންފުނި ތިމަންނައަށޭ. ފަސް ވަޒީރުން ތިމަންނައަށް ލިބެން ޖެހޭނޭ. ޔާމީނު ވިދާޅު ވަނީ ތިމަންނަ އަށް ހަތަރު ވަޒީރުކަން ލިބެން ޖެހޭނެއޭ ، ތިމަންނަ އަށް އެސްޓީއޯ ލިބެން ޖެހޭނެއޭ. ތިމަންނަ އަށް މިފްކޯ ލިބެން ޖެހޭނެއޭ. ތަސްނީމު ވިދާޅު ވަނީ ތިމަންނަ އަށް ކޫއްޑޫ ލިބެން ޖެހޭނެއޭ. އަނެއް ބޭފުޅަކު ވިދާޅުވަނީ ތިމަންނައަށް ފަޅުތައް ލިބެން ޖެހޭނެއޭ." އިލްޔާސް ވިދާޅުވި އެވެ.