ޕާޓީ ބަދަލު ކުރުމުގެ ސަބަބުން ގޮނޑި ގެއްލުނު ކަމަށް ބުނާ 12 މެމްބަރުން އަދި މަޖިލީހަށް ވަންނާނެ ކަމަށާއި އެ ދުވަހަކުން ނިހާނަށް މަޖިލީހަށް ވަދެވޭނެ ކަމާމެދު ޝައްކު ކަމަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެ އެވެ.
ހަރާން ބަޣާވާތެއް ކުރަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ވިއްކި ޓީމަށް މެމްބަރުން ގެއްލުނީ އޭނާގެ ސަބަބުން ނޫން ކަމަށް ވިދާޅުވެ ނިހާން ވަނީ ޓްވީޓެއް ކުރައްވައިފަ އެވެ.
އެ ޓްވީޓްގައި ވަނީ ކިތަންމެ ވަރަކަށް ރޮއި ހޭރުނަސް ދެން އެ ގޮނޑިތަކެއް މި ދައުރަކު ނުލިބޭނެ ކަމަށް ވިދާޅުވެފަ ވެ. އަދި ފަހުން ވެސް ނުލިބޭނެ ކަމަށް ނިހާން ވިދާޅުވި އެވެ.
Midhauruga (June-Aug) faharegga nuvadhevidhaane. Ekamu in sha Allah October ga feshey dhauruga mi 12 MPs majlis ah vannaane, coalition in riyaasy inthihaab kaamiyaab koggen. Dhen shakku ufedheny Nihan ah majleehah vadhevumaa dheytherey. Jaluga baivaru hus golhi hunnaane eyru. pic.twitter.com/Zhq26hYBJn
— ?? ??????? ???? ? (@Roxeyna) June 7, 2018
ނިހާންގެ ޓްވީޓަށް ރައްދު ދެއްވަމުން ރޮޒޭ ވިދާޅުވީ މި ދައުރުގައި ފަހަރެއްގައި އެ މެމްބަރުންނަށް މަޖިލީހަށް ނުވަދެވިދާނެ ކަމަށެވެ.
އޮކްޓޯބަރުގައި ފެށޭ ދައުރުގައި އެ 12 މެމްބަރުން މަޖިލީހަށް ވަންނާނީ ކޯލިޝަނުން ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްގެން ކަމަށް ވެސް ރޮޒޭ ވިދާޅު ވިއެެވެ. އަދި ޝައްކު އުފެދެނީ ނިހާނަށް މަޖިލީހަށް ވަދެވުމާ ދޭތެރޭގައި ކަމަށް ވިދާޅުވި އެވެ.
އަދި އެ ދުވަސް އަންނަ އިރު ޖަލުގައި ބައިވަރު ހުސް ގޮޅި ހުންނާނެ ނޫންތޯ ރޮޒޭ ވަނީ ސުވާލު ކުރައްވައިފަ އެވެ.