Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ރިޔާޒަށް ކުރާ ދައުވާގެ އަޑުއެހުމެއް އާދީއްތަ ދުވަހު

ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ މައްސަލައިގާ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް އަންނަ އާދީއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފިއެވެ.

މިމައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލްކޮށްފައިވަނީ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގައެވެ.

ރިޔާޒް ގެ މައްޗަށް އެދައުވާ އުފުލާފައިވަނީ، މިދިޔަ މާރޗް މަހުގެ 27 ވަނަ ދުވަހުގެ ރޭ މާވެޔޮމަަގުން އެމަނިކުފާނު ހައްޔަރުކޮށް ފޯނު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޗެކްކުރިއިރު، ދައުލަތުގެ މުވައްޒަފަކާ އަބްދުﷲ ރިޔާޒް އާއި ދެމެދު ދެކެވިފައިވާ ވާހަކަތަކެއްގެ ޗެޓްލޮގް ފެނިފައިވާ ކަމަށް ބުނެއެވެ.

ޢަބްދުﷲ ރިޔާޒް ގެންދެވީ ސިޔާސީ ޕާޓީ ތަކާއި އެކު މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

އަބްދުﷲ ރިޔާޒް ގެ މައްޗަށް އެދައުވާ ސާބިތުވެއްޖެނަމަ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އެމަނިކުފާނަށް އިއްވާނެއެވެ.