Last Updated: April 20, 11:47
Saturday, April 20, 2024
ޚަބަރު

ޤުރުއާން މުބާރާތުގެ 1 ވަނަ އަށް އުމުރާ ދަތުރެއް

މީދޫ ނޫރައްދީން އިންވެސްޓްމަންޓުން ބާއްވާ ދެވަނަ ޤުރުއާން މުބާރާތުގެ އެއްވަނައަށްދާ ފަރާތަށް އުމުރާ ދަތުރެއް ހުށަހަޅާފައިވާކަމަށް ނޫރައްދީން އިންވެސްޓުމަންޓުން ބުނެފިއެވެ.

ނޫރައްދީން އިންވެސްޓުމަންޓުގެ ވެރިޔާ އަލީ ނޫރައްދީން ބުނީ މިފަހަރުގެ ގުރުއާން މުބާރާތުގެ ބަލައިގެން ކިޔުމާއި، ހިތުން ކިއުމުގެ ބައިން އެއްވަނައަށްދާ ފަރާތަކަށް އުމުރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށެވެ.

ހުޅުދޫ އަދި މީދޫއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ ކިޔެވުން މި ރަމަޟާން މަހުގެ 27 ވަނަ ދުވަހު ފެށުމަށް ވަނީ ނިންމާފައެވެ.

ނޫރައްދީން އިންވެސްޓުމަންޓުން ބުނީ މުބާރާތުގައި މިހާތަނަށް 140 ދަރިވަރުން ބައިވެރިވެފައިވާ ކަމަށާއި މިދިޔަ އަހަރު މުބާރާތުގެ ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއް ވަނަ ހޯދި ދަރިވަރުންނަށް އަލުން މުބާރާތުގައި ބައިވެވޭނީ ތިން އަހަރު ފަހުން ކަމަށެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއް ވަނަ ހޯދީ އާއިޝަތު ލީޝް ހަމީދު އެވެ. އަދި ހިތުން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން އެއް ވަނަ މުހައްމަދު ރައްޔާން މައުސޫމް އެވެ.

މުބާރާތާ ބެހޭ އިތުރު މައުލޫމާތު 9990155 އިން ލިބޭނެ އެވެެ.