އެމްޑީޕީގެ ކޮންގްރެސް މިމަހު ފަހުކޮޅު އއ އުކުޅަހުގައި ބޭއްވުމަށް އެޕާޓީގެ ކޮންގްރެސް އިން ނިންމައިފި އެވެ.
އެމްޑީޕީގެ ކޮންގްރެސް ކޮމެޓީން މިގޮތަށް ނިންމީ ރޭ ބޭއްވި ކޮންގްރެސް ކޮމެޓީގެ ބައްދަލުވުމުގަ އެވެ.
އެމްޑީޕީގެ ކޮންގްރެސް ދާރުބާރުގޭގައި ބޭއްވުމަށް އެ ޕާޓިން ހައުސިން މިނިސްޓްރީގައި މީގެ ކުރިން ވަނީ އެދިފަ އެވެ. ނަމަވެސް އެދިފައިވާ މުއްދަތުގައި ދަރުބާރުގޭ ހަމަޖެހެން ނެތް ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
Congress Committee ge bahdhaluvumeh kuriah dhanee pic.twitter.com/geLHsMaAAZ
— MDP Secretariat (@MDPSecretariat) June 8, 2018
އެމްޑީޕީގެ ކޮންގްރެސް އޮންނާނީ މި މަހުގެ 29 އާއި 30 ގަ އެވެ.
އެމްޑީޕީގެ ކޮންގްރެސް އުކުޅަހުގައި ބޭއްވުމަށް ނިންމީ މާލޭގައި 1،000 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިކޮށްގެން އެކަން ކުރެވޭނެ ޖާހަ ހުރި ތަނެއް ނުލިބިގެން ކަމަށް އެޕާޓީން ބުންޏެވެ.
MDP ge Congress 29 adhi 30 June gai AA Ukulhahugai beyvumah Congress Committee in nimmaifi.
— MDP Secretariat (@MDPSecretariat) June 8, 2018
މައިގަނޑު ގޮތެއްގައި ކޮންގްރެސް ގައި އޮންނާނީ، މެމްބަރުންގެ މެދުގައި މަޝްވަރާކޮށް، ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުން ކަމަށް މީގެ ކުރިން އެމްޑީޕީން ބުނެފައިވެ އެވެ.