ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ކުރީގެ ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރު ޝިފާގް މުފީދު(ހިސްޓޯ) ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ މަގާމަކަށް ބަދަލުކޮށްފިއެވެ.
ހިސްޓޯއަށް މިހާރު އެމްބަސީން ދީފައިވަނީ މިނިސްޓަރު ކައުންސިލަރުގެ މަގާމެވެ. ހިސްޓޯގެ އިތުރުން ކުރިން ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަހުމަދު ނިމާލު ވެސް ވަނީ ލަންކާ އެމްބަސީގެ މަގާމަކަށް އައްޔަން ކޮށްފައެވެ.
ހިސްޓޯއަކީ މިސަރުކާރު ޕްރޮމޯޓް ކޮށް، ރައީސް ޔާމީނަށް ތާއީދު ހޯއްދެވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން އައި ބޭފުޅެކެވެ.
އޭނާ ކުއްލި ގޮތަކަށް ހޯމް މިނިސްޓްރީން ބޭރު އެމްބަސީއަކަށް ބަދަލުކުރި ސަބަބެއް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ.