Last Updated: June 13, 09:53
Saturday, June 13, 2026
ޚަބަރު

"މިއީ އިތުބާރު ނުކުރެވޭ ގޮތްކުޑަ ސަރުކާރެއް"

އދ. ސަލާމަތީ މަޖްލިސްއަށް ދިވެހި ރާއްޖެއިން ވަންނަން އުޅުނީ އެތަނުގައިވެސް ގޮޑި ވިއްކައި ލާރި ހޯދުމުގެ މަގްސަދުގައި ކަމަށް ކުރީގެ އޮޑިޓަތ ޖެނެރަލް ނިޔާޒު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އދ. ސަލާމަތީ މަޖިލީހުގެ ގޮޑިއަށް ވާދަކޮށް ބޮޑު ތަފާތަކުން ރާއްޖެ ބަލިވުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އެގޮތުން އިދިކޮޅު ލީޑަރުން ބުނެފައިވަނީ ރާއްޖެއަށް ވޯޓު ނުލިބުނީ ރާއްޖޭގެ އަގު ބައިނަލްއަގުވާމީ ދުނިޔޭގައި ވެއްޓިފައި އޮތުމާއި، ހާރިޖީ ސިޔާސަތު ދޯދިޔާ ކަމުންނެވެ.

ނިޔާޒު ވިދާޅުވީ ގޮޑި ކާމިޔާބުކޮށް ސަލާމަތީ މަޖްލިސްއަށް ވަދެވުނު ނަމަ، ކައުންސިލްގައިވެސް ވޯޓުގެ ވަގު ވިޔަފާރިކޮށް، ވޯޓު ވިއްކާ، ކައުންސިލް ޚަރާބު ކުރާނެކަމަށެވެ.

ނިޔާޒު ވިދާޅުވީ މިއީ އިތުބާރު ނުކުރެވޭ ގޮތްކުޑަ ސަރުކާރެއް ކަމަށެވެ.

ސަލާމަތީ މަޖިލީހުގެ ސިއްރު ވޯޓުގައި ރާއްޖެއަށް ލިބުނީ އެންމެ 46 ވޯޓެވެ. ގޮޑި ކާމިޔާބު ކުރި އިންޑޮނޭޝިއާއަށް 144 ވޯޓު ލިބުނެވެ.