Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

އުމްރާ ދަތުރު ކުރު ކުރައްވާފައި ގާޒީ ނަޖީބު ވަޑައިގެންފި

ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްސަލަ ބައްލަވާ ގާޒީ ޙަސަން ނަޖީބު އުމްރާ ދަތުރު ކުރު ކުރެއްވުމަށް ފަހު މިއަދު މާލެ ވަޑައިގެންފިއެވެ.

ގާޒީ ނަޖީބު މައްކާއަށް ފުރާވަޑައިގެންނެވީ، ރަމަޟާން މަހުގެ ފަހު ދިހައެއްގައި އުމްރާ ކުރެއްވުމަށެވެ. އުމްރާ ދަތުރު ކުރު ކުރެއްވުމަށްފަހު ގާޒީ ނަޖީބު މާލެ ވަޑައިގެންނެވި ސަބަބު ސާފެއް ނުވެއެވެ.

އެހެން ނަމަވެސް ނަޖީބު ކުއްލިގޮތަކަށް މާލެ ވަޑައިގެންނެވުމާއި އެކު ރައީސް މައުމޫނާއި ދެ ފަނޑިޔާރުންގެ ފޯނު ފުލުހުންނަށް ނުދިން މައްސަލާގައި ކުރާ ދައުވާގެ އަޑު އެހުން މިރޭ ބާއްވާނެއެވެ.