ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާ ލިބުނު 24 އަހަރުގެ ޒުވާނާއަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.
މައުލޫމާތުލިބިފައިވާ ގޮތުގައި މަރުވި ޒުވާނާއަކީ މަގުން ހިނގާފައި ދިޔަ ޒުވާނެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓް ހިނގީ ހުޅުމާލެ އަމީން އެވެނިއު ކައިރިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި 18 އަހަރުގެ ދެ ޒުވާނަކު ދުއްވި ސައިކަލަކުން ޖެހިގެން ކަމަށެވެ.
މި ހާދިސާގައި މަރުވި ޒުވާނާގެ ބޮލަށް ސީރިއަސް ގެއްލުންތަކެއް ވަނީ ލިބިފައެވެ. އޭނާއަށް އަވަސް ފަރުވާ ދެމުން ގޮސްފައިވަނީ ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލްގައެވެ.
މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން ޒުވާނާއަށްވެސް ވަނީ ސީރިއަސް އަނިޔާތަކެއް ވެފައެވެ. އޭނާއަށް މިވަގުތު ފަރުވާ ދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.