Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

އެމްޑީޕީގެ "ދާއިރާ މަޖިލިސް" ކުރިއަށް

މިހާރު ފަށާފައިވާ އެމްޑީޕީގެ "ދާއިރާ މަޖިލިސް" ހޮނިހިރު ދުވަހުގެ ރޭ ވެސް ބާއްވައިފި އެވެ.

އެމްޑީޕީން ބުނި ގޮތުގައި ރޭ 15 ދާއިރާއެއްގެ "ދާއިރާ މަޖިލިސް" ބޭއްވި އެވެ.

އެ ދާއިރާތަކުގެ ތެރޭގައި ނީ ވެލިދޫ ދާއިރާ، މަޑުއްވަރީ ދާއިރާ، އަލިފުށީ ދާއިރާ، މަތިވެރީ ދާއިރާ، މާވަށު ދާއިރާ، ގައްދޫ ދާއިރާ، އޭދަފުށީ ދާއިރާ، އައްޑޫ މީދޫ (މަރަދޫ ފޭދޫ) ދާއިރާ، ހިތަދޫ ދެކުނު ދާއިރާ، މަރަދޫ ދާއިރާ، ފޭދޫ ދާއިރާ، ފުވައްމުލަށް މެދު ދާއިރާ، މިލަންދޫ ދާއިރާ، ނޮޅިވަރަމް ދާއިރާ އަދި ކުޑަހުވަދޫ ދާއިރާ އެވެ.

އެމްޑީޕީން ބުނި ގޮތުގައި ދާއިރާ މަޖިލިސްތަކުގައި މަޝްވަރާ ކުރެވުނީ ކުރިއަށް އޮތް ރިޔާސީ ކެމްޕޭން ކުރިއަށް ގެންދާނެ ގޮތްތަކާއި މެނިފެސްޓޯގައި ހިމެނޭ ބައިތަކާއި އަދި މި މަހު ބާއްވާ ކޮންގްރެސްއާ ގުޅޭ ގޮތުންނެވެ.