Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

އެއް ކެންޑިޑޭޓްގެ ހުރަހަކަށް ނުވާނަން: ނަޝީދު

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް ކުރާ މަސައްކަތު ގައި ކުރިމަތިވާ ހުރަހަކަށް ވެވަޑައި ނުގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރިޔާސީ އިންތިހާބަށް އިދިކޮޅު ފަރާތްތަކުން ނެރޭނީ އެއް ކެނޑިޑޭޓް ކަމަށާއި ރައީސް ޔާމީން ބޮޑު ތަނުން ބަލި ކުރާނެ ކަމަށެވެ.

ނަޝީދު މިހެން ވިދާޅުވި އިރު ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ވެސް ވަނީ އިދިކޮޅު ފަރާތްތަކުން ގުޅިގެން ކުރާ މަސައްކަތް ކާމިޔާބު ކުރުމަށް ޖޭޕީން ދޭންޖެހުނު ލުޔެއް ދިނުމަށް ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ. ޤާސިމް އެހެން ވިދާޅުވެފައި ވަނީ އެޕާޓީގެ ކައުންސިލް މެންބަރުންނަށް ފޮނުއްވި ލިޔުމެއްގައެވެ.

ރައީސް ނަޝީދުގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައި ވަނީ، އެއް ކެނޑިޑޭޓް ނެރެ ރައީސް ޔާމީން ބޮޑު ތަނުން ބަލި ކުރާނެ ކަމަށެވެ.