އދ. ސަލާމަތީ މަޖްލިސްގެ ގޮޑި ހޯދުމަށް ފިޝަރީޒް މިނިސްޓަރ މުހައްމަދު ޝައިނީ އިސްކޮށް ހުންނަވައިގެން ކުރެއްވި ކެމްޕެއިންއިން ގައުމު ލަދުގަންނުވައިފި ކަމަށާއި ރައީސް ޔާމީންއަށް އަބަދު ހުވަފެން ނުދެއްކޭނެކަމަށް ދިއްދޫ ދާއިރާގެ މެމްބަރ އަބްދުއް ލަތީފު މުހައްމަދު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއިން ވަކިވުމުން މަޖްލިސްގެ ގޮޑި ގެއްލިފައިވާކަމަށް އިލެކްޝަން ކަމިޝަނުން ނިންމާފައިވާ ލަޠީފު ވިދާޅުވީ ޝައިނީ ޝައިނީ އިސްވެ ހުންނެވި ޓީމުގެ ނާގާބިލްކަން މުޅި ދުނިޔެއަށް ސާބިތުވެއްޖެކަމަށެވެ.
Shainee kuri varugadha campaign kobaatho? RY ah huvafen dhakkaigen ulheveynee vaki varakah. Masverinnashaai dhanduverinnah subsidy nudhevunu meehakah dhen kon kameh vaanee? #UNSC #Ladhu
— Abdul Latheef (@funamalatheef) June 8, 2018
މަސްވެރިންނާއި ދަނޑުވެރިންނަށް ދޭން މި ސަރުކާރު ވައުދުވި ސަބްސިޑީ ނުދެވުނު މިނިސްޓަރަކަށް ކުރެވޭނެކަމެއް ނޯންނާނެކަމަށް ވިދާޅުވެ ޝައިނީއަށް ފާޑު ވިދާޅުވަމުން ލަޠީފް ވިދާޅުވީ ދެ އަހަރުގެ މަސައްކަތް ކޮށްގެންވެސް ސަލާމަތީ މަޖްލިސް ގޮޑި ނުލިބުމުން ހަގީގަތުގައިވެސް ގައުމު ލަދުގަނެއްޖެކަމަށެވެ.
ޝައިނީ ވިދާޅުވީ ސަލާމަތީ މަޖްލިސްގެ ގޮޑި ނުލިބުނީ އޮސްްޓޭރޭލިއާގެ ނުފޫޒުން ކަމަށާއި އަމިއްލަ ގައުމުން ކުރި އިދިކޮޅު ކެމްޕެއިންގެ އަސަރުވެސް ވޯޓަށް ކުރިކަމަށެވެ.
ސަލާމަތީ މަޖްލިސް ގޮޑީގެ ވޯޓުގައި ރާއްޖެއަށް ލިބުނީ އެންމެ 46 ވޯޓެވެ. ގޮޑި ކާމިޔާބު ކުރި އިންޑޮނޭޝިއާއަށް 144 ވޯޓު ލިބުނެވެ. ނަމަވެސް ސަރުކާރުން ބުނީ 46 ވޯޓަކީވެސް ކާމިޔާބެއް ކަމަށެވެ.