Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

މުޝައްރަފް މަޖިލީހަށް ކުރިމަތިލަނީ

ޖުލައި މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕާކިސްތާނުގެ އާންމު އިންތިހާބުގެ ގޮނޑިއަކަށް ކުރިމަތިލެއްވުމަށް ނިންމާފައިވާކަމަށް ޕާކިސްތާނުގައި ކުރީގައި މިލިޓަރީ ވެރިކަމެއް ކޮށްފައިވާ ޕަރްވޭޒް މުޝައްރަފް ހާމަކޮށްފިއެވެ.

މުޝައްރަފް އިންތިހާބުގައި ވާދުކުރައްވާނެކަން އިއުލާނު މިކުރެއްވީ ކޮރަޕްޝަނުގެ ތުހުމަތުތަށް ކުރެވި ދުބާއީގައި އަމިއްލައަށް އަރުވާލެވިގެން ގެންދަވަނިކޮށް ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ވަކި ޝަރުތު ތަކަކާއި އެކު އެނބުރި ގައުމަށް ވަޑައިގަތުގެ ހުއްދަ ދީފައި ވަނިކޮށެވެ.

މުޝައްރަފް ވާދުކުރާ ސިޔާސީ ޕާޓީން ބުނަނީ އޭނާ ވާދަކުރުމަށް ހަމަޖެހިފައިވަނީ ޕާކިސްތާނުގެ އުތުރުގެ އަވަށެއް ކަމުގައިވާ ޗިތްރާލްގެ ގޮނޑިއަކަށެވެ.

ޕާކިސްތާނުގެ ހުރިހާ ސިޔާސީ ޕާޓީ ތަކަކުންދަނީ މުޝައްރަފް ހައްޔަރުކުރުމަށް ގޮވާލަމުންނެވެ. މުޝައްރަފް އަދި އެނބުރި ޕާކިސްތާނަށް ވަޑައިގެންފައި ނުވާއިރު އެގައުމުގެ ކޯޓުން ވަނީ އޭނާ އާއި ދެކޮޅަށް އުފުލާފައިވާ މައްސަލަތަކުގައި ހައްޔަރުވާން ބޭނުން ނޫންނަމަ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ކުރިން އެނބުރި ގައުމަށް އައުމަށް އަންގާފައެވެ.

ނަމަވެސް މުޝައްރަފް މިހާތަނަށް އޭނާ އެނބުރި އަންނާނެ ތާރީހެއް އިއުލާނު ކޮށްފައެއްނުވެއެވެ.