ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ގެ މައްޗަށް އުފުލާފައިވާ އަދުލު އިންސާފު ޤާއިމް ކުުރުމަށް ހުރަސް އެޅުމުގެ ދަޢުވާގެ ޝަރީޢަތެއް ބޭއްވުމަށް ތާވަލް ކޮށްފައިވާ ކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
މައުމޫންގެ މައްޗަށް މި ދަޢުވާ އުފުލާފައިވަނީ ތަހުޤީޤަށް އެމަނިކުފާނުގެ ފޯނު ނުދެއްވި މައްސަލައިގައެވެ.
ރައީސް މައުމޫން ތަހުގީގަށް ފޯނު ނުދެއްވި މައްސަލާގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ ޝަރީއަތެއް ކުރިމިނަލް ކޯޓުގައި ތައާވަލް ކޮށްފައިވާ ކަމަށް ފުލުހުން މިއަދު މެންދުރު ފަހު އަންގާފައިވާ ކަމަށް ޤާނޫނީ ވަކީލް މައުމޫން ހަމީދު ވަނީ ވިދާޅުވެފައެވެ.
ޝަރީއަތް ތައާވަލް ކޮށްފައިވަނީ މިރޭ 9:15 އަށެވެ.
މައުމޫންގެ ބަންދަށް ލުޔެއް ލިބޭތޯ އުޅުއްވުމުން މިދިޔަ މަހު ކަރިމިނަލް ކޯޓުން ވަނީ އެމަނިކުފާނުގެ ބަންދަށް ލުޔެއް ދެވެން ނެތްކަމަށް ވިދާޅުވެފައެވެ. މައުމޫންގެ ހާލުކޮޅު ދެރަވުމުގެ ސަބަބުން ވަރަށް ގިނަ ފަހަރަށް ކޯޓުގައި ތާވަލް ކުރެވުނު އަޑުއެހުންތައް ވަނީ ކެންސަލް ކުރެވިފައެވެ.