މިދިޔަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ މައްސަލައިގެ އަޑުއެހުމަށް އެމެމްބަރުން މިއަދު ކްރިމިނަލް ކޯޓަށް ހާޒުރުވެއްޖެއެވެ.
މަޖިލިހުގެ އިދާރާ އަށް ވަން މައްސަލާގައި މިއަދު ކޯޓަށް ހާޒިރުވެވަޑައިގެންފައިވަނީ ހިތަދޫ މެދު ދާއިރާގެ މެމްބަރު ބްރިގޭޑީއަރ އިބްރާހިމް ދީދީ އާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އާއި ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒާއި ހެންވޭރު ދެކުނު ދާއިރާގެ މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) އާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލިހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި މާފަންނު ހުޅަނގު ދާއިރާގެ މުހައްމަދު ފަލާހް އާއި ނޮޅިވަރަމް ދާއިރާގެ ހުސެއިން އަރީފް އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އެވެ.
Roadha mahuge fahu dhihayah elhunee. Airu gaanoonee sharee'aythah kuriyah. pic.twitter.com/lYEBgHOwiX
— Mohamed Ameeth (@MohamedAmeeth) June 9, 2018
މީގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރަކަށް ހުންނެވި މުހައްމަދު އަމީތު އާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އާއި ގއ. ވިލިނގިލީ ދާއިރާގެ މެމްބަރ ސައުދު ހުސެއިން ވަނީ މަޖްލިސްއަށް ވެންނެވި މައްސަލާގައި ދައުވާ ކޮށްފައެވެ. އެމެމްބަރުންގެ މައްޗަށް ދައުވާ ކުރަނީ މަޖްލިސްގެ މެމްބަރުން ނޫން ގޮތުގައި މަޖްލިސް އިދާރާއަށް ވަދެވަޑައިގަތް މައްސަލާގައެވެ.
ކްރިމިނަލް ކޯޓުން މެމްބަރުންނަށް ފޮނުވި ކޯޓު އަމުރުގައި ބުނެފައިވަނީ މިއަދު މެންދުރު 1 ޖަހާއިރަށް ކޯޓަށް ހާޒިރު ވުމަށެވެ.
ތަފްސީލް އަންނަނީ….