Last Updated: June 13, 09:53
Saturday, June 13, 2026
ޚަބަރު

އެޗްއާރްސީއެމުން އަދީބާ ބައްދަލުކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު: ފޮޓޯ - ރާއްޖެ އެމްވީ

ދިގު މުއްދަތުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ނައިބް ރައިސް އަހުމަދު އަދީބް އާއި ހިއުމަން ރައިޓްސް ކަމިޝަން (އެޗްއާރްސީއެމް)އިން ބައްދަލުކޮށްފިއެވެ.

އަދީބުގެ ގާނޫނީ ވަކީލް މޫސާ ސިރާޖު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު އަދީބް އާއި އެޗްއާރްސީއެމްއިން ބައްދަލުކޮށްފައިވާ ކަމަށެވެ. މި ބައްދަލުވުމުގައި އަދީބްގެ ފަރާތުން ހުރި ކަންބޮޑުވުން އެޗްއާރްސީއެމްއާއި ހިއްސާ ކޮށްފައިވާ ކަމަށެވެ.

އެގޮތުން އަދީބުގެ ބޭސް ފަރުވާގެ ކަންކަން ކުރިއަށް ނުދާ މައްސަލަ އާއި ވަކީލާއި ބައްދަލު ނުކުރެވޭ މައްސަލައިގެ އިތުރުން އާއިލީ ބައްދަލުވުން ނުދޭ މައްސަލަ ހުށަހެޅި ކަމަށެވެ.

33 އަހަރުގެ ޖަލު ހުކުމް އިއްވާފައިވާ އަދީބުގެ ސިއްހީ މައްސަލަތަކުގެ ތެރޭގައި ގްލުކޮމާ ޖެހުމާއި އެތެރެހަށީގައި ސިސްޓެއް އުފެދިފައިވުން ހިމެނެ އެވެ. އެހެންވެ، ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ އަށް އަދީބު އެދިވަޑައިގެންފައިވ އެވެ. އެކަމަކު ސަރުކާރުން އެ ހުއްދައެއް ނުދެ އެވެ.

އަދީބުގެ ފަރާތުން މިކަންބޮޑުވުން ކަމާއި ބެހޭ އެހެން ފަރާތްތަކާއިވެސް ވަނީ ހިއްސާކޮށްފައެވެ.