Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

އެޗްޑީސީގެ އެމްޑީއަކަށް ނާސިފް

އަހްމަދު ނާސިފް – ފޮޓޯ: އަވަސް

ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަމަށް ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ނާސިފް ހަމަޖައްސަވައިފިއެވެ.

ނާސިފް އެޗްޑީސީގެ އެމްޑީގެ މަގާމަށް ބަދަލު ކުރެއްވި އިރު އެމަގާމުގައި ކުރިން ހުންނެވި މުހައްމަދު ސައިމަން ވަނޯ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ކުންފުނީގެ އެމްޑީކަމަށް ބަދަލުކޮށްފައެވެ.

މި ބަދަލު ގެނައިކަން ޕްރައިވަޓައިޒޭޝަން ބޯޑުން ޔަގީންކޮށްދިނަސް މިއީ ކިހިނެއް ވެގެން ގެނައި ބަދަލެއްކަން ހާމަކޮށްފައި ނުވެއެވެ.

ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ކުންފުންޏަކީ ދާދި ފަހުން ތިލަފުށީ ކޯޕަރޭޝަނާއި ގުޅީފަޅު އިންވެސްޓްމަންޓް އެއްކޮށްލައިގެން ސަރުކާރުން އުފައްދަވާފައިވާ ކުންފުންޏެކެވެ.