Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ކޮމިއުނިސްޓް ޕާޓީގެ ކުރީގެ ވެރިޔަކު އުމުރަށް ޖަލަށް

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ކުރީގެ ލީޑަރެއް ކަމުގައިވާ ސުން ޒެންގްޗައި ރިޝްވަތު ހިފިކަމުގެ ކުށް ސާބިތުވެ އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.

ސުން ވަނީ ކުށަށް އިއުތިރާފުވެ އެކަމަށް މައާފަށް އެދިފަ އެވެ.
ދެހާސް ވަނަ އަހަރާއި 2017 ވަނަ އަހަރާ ދެމެދު ސުން ވަނީ އެކި މަގާމު ތަކުގައިހުރެ 27 މިލިއަން ޑޮލަރުގެ އަގުހުރި މުދަލާއި ފައިސާ ރިޝްވަތުގެ ގޮތުގައި ހޯދައިފައެވެ.

ޗައިނާގެ ސްޓޭޓް މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކޯޓުގައި ވާހަކަ ދައްކަމުން ސުން ވަނީ އޭނާ ކުށަށް އިއުތިރާފުވާކަމަށާއި އޭނާއަށް ކުރެވުނު ކުށާމެދު ދެރަވާ ކަމަށް ވެސް ބުނެފަ އެވެ. އަދި އޭނާ އިސްލާހުވެ ރަނގަޅު މީހަކަށް ވާނެ ކަމަށް ވެސް ބުންޏެވެ.
އަދި އޭނާ މިމައްސަލަ އިތުރަށް އިސްތިއުނާފު ނުކުރާނެކަމަށްވެސް ސުން ބުނެފައިވެއެވެ.

ސުންއަކީ ޗައިނާގެ ކޮމިއިނިސްޓް ޕާޓީގެ ވަރަށް އިސް މަގާމުތައް އަދާކުރި މީހެކެވެ. މިގޮތުން ކޮމިއުނިސްޓް ޕާޓީގެ ޕޮލިޓް ބިއުރޯގެ މެމްބަރުކަން ވެސް ކޮށްފައެވެ.

މި ބިއުރޯއަކީ ޗައިނާގެ ކަންކަމުގައި އެންމެ ފަހުގެ ނިންމުން ނިންމާ އެންމެ މަތީ މަޖިލީހެވެ.

ދެހާސް ބާރަ ވަނަ އަހަރު ޗައިނާގެ މިހާރުގެ ރައީސް ޝީ ޖިންޕިންގް ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ވަނީ ކޮރަޕްޝަނާއި ދެކޮޅަށް ބޮޑު ކެމްޕެއިނެއް ފައްޓަވާފައެވެ.

އެގޮތުން މިހާތަނަށް ޗައިނާގެ 1 މިލިއަން އޮފިޝަލުން އިންސާފުގެ ކުރިމަށްޗަށް ގެނެސްފައިވާ ކަމަށް ސީއެންއެން އިން ރިޕޯޓުކޮށްފައިވެ އެވެ.