Last Updated: July 17, 15:06
Friday, July 17, 2026
ޚަބަރު

ފޭދޫގައި އީދު ނަމާދުގެ ބޮޑު ޖަމާއަތް އޮންނާނެ

ކުރިއަށް އޮތް ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތް މި ފަހަރު ވެސް ފޭދޫގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ބޮޑު ޖަމާއަތް ފޭދޫގައި އިންތިޒާމު ކުރާ ނޫރުލް އިސްލާމް ޖަމިއްޔާގެ ފޭދޫ ގޮފިން ބުނި ގޮތުގައި ބޮޑު ޖަމާއަތް އޮންނާނީ ކުރިން ވެސް އީދުގެ ނަމާދުގެ ބޮޑު ޖަމާއަތް ބޭއްވި ފޭދޫ އަބޫ ފަންނުގަ އެވެ.

އެއީ ފޭދޫ ސްކޫލާ ދިމާލުން ހުޅަނގު ދެކުނު ފަރާތް (ކަޅިބިތް ފަރާތު) ގެ ހިއްކި ބިމުގަ އެވެ.

އީދު ނަމާދަށް ދާ މީހުން އެ ސަރަހައްދަށް ޖަމާވާން ޖެހެނީ އީދު ދުވަހުގެ ހެނދުނު 7:00 ގަ އެވެ. ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ހުކުރު ދުވަހެވެ.

ނޫރުލް އިސްލާމް ޖަމިއްޔާ އިން ބޮޑު ޖަމާތުގައި އީދު ނަމާދު ކުރަމުން އަންނަނީ 2012 އިން ފެށިގެންނެވެ.