Last Updated: April 26, 23:00
Friday, April 26, 2024
ދުނިޔެ

ލީ އާއި ޓްރަމްޕް ބައްދަލުކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ސިންގަޕޫރުގެ ބޮޑު ވަޒީރު ލީ ސިއެން ލޫންގްއާ ބައްދަލު ކުރައްވައިފިއެވެ.

ލީ އާއި ޓްރަމްޕްގެ ބައްދަލުވުން ބާއްވާފައިވަނީ ސިންގަޕޫރުގެ ރިޔާސީ ގަނޑުވަރު އަދި ބޮޑުވަޒީރުގެ އޮފީސްކަމުގައިވާ އިސްތާނާގައި މިއަދު މެންދުރުއެވެ.

މެންދުރުގެ ހާއްސަ ފަރީއްކޮޅާއި އެކު ކުރިއަށް ދިޔަ މިބައްދަލުވުމުގައި ޓްރަމްޕްގެ އިތުރުން ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޖޯން ބޯލްޓަން ، ވައިޓް ހައުސްގެ އިސް ތަރުޖަމާނު ސާރާ ސޭންޑާސްގެ އިތުރުން ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ޖޯން ކެނެތް ވެސް ބައިވެރިވިއެވެ.

ޗެނަލް ނިއުސް އޭޝިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޓްރަމްޕްވަނީ މާދަމާގެ ބައްދަލުވުމަކީ ކާމިޔާބު ބައްދަލުވުމަކަށްވާނެ ކަމުގެ އުންމީދުކުރައްވާ ކަމަށް ވިދާޅުވެ، ސިންގަޕޫރުން އަދާކޮށް ދެމުންދާ މެހެމާންދާރީއަށް ޝުކުރު އަދާކޮށްފައެވެ.

ބައްދަލުވުމަށްފަހު ޓްރަމްޕްވަނީ ބޮޑުވަޒީރު ލީ އަށް ޝުކުރު އަދާކޮށް ޓްވީޓު ކުރައްވާފައެވެ.

https://platform.twitter.com/widgets.js

މިބައްދަލުވުމުގައި ސިންގަޕޫރުގެ ފަރާތުންވަނީ މިމަހުގެ 14 ވަނަ ދުވަހު 74 އަހަރު ފުރޭ ޓްރަމްޕަށް ކޭކެށްވެސް އަރުވާފައެވެ.

މިއަދުގެ ބައްދަލުވުމަށްފަހު ސިންގަޕޫރުގެ ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނެއްގައިވާ ގޮތުން ޓްރަމްޕް ވަނީ ސިންގަޕޫރަށް މިއަހަރުގެ ނޮވެމްބަރު މަހުގައި އިތުރު ރަސްމީ ދަތުރުފުޅެއް ކުރައްވާނެކަން އިއްލާންކޮށްފައެވެ.

މާދަމާގެ ތާރީޚީ ބައްދަލުވުމަށް ސިންގަޕޫރުން އިންތިޒާމުތަށް ހިލޭ ހަމަޖައްސައިދޭ އިރު އެމެރިކާ އަދި އުތުރު ކޮރެއާގެ ލީޑަރުންވަނީ ސިންގަޕޫރުގެ މަސައްކަތުގެ އަގުވަޒަންކޮށް ތައުރީފުކޮށް ޝުކުރުވެސް އަދާކޮށްފައެވެ.