Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އަލީގެ ވަކީލުކަމުގެ ހުއްދަ އަލުން ދޫކޮށްފި

ފޮޓޯ: ވީނިއުސް

ގާނޫނީ ވަކީލް އަލީ ހުސެއިން އަށް ކޯޓު ތަކުގައި ވަކާލާތުކުރުމުގެ ހުއްދަ އަލުން ދޫކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ 2018 މާރިޗު 12 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން މަނާކުރެވުނު ޤާނޫނީ ވަކީލު އަލްއުސްތާޛު ޢަލީ ޙުސައިންގެ މައްސަލަ ބެލުމަށްފަހު، ދިވެހިރާއްޖޭގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތުކުރުން ވަގުތީގޮތުން މަނާކުރެވިފައި އޮތްއޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

އަލްއުސްތާޛު ޢަލީ ޙުސައިން އަކީ، 2018 ޖޫން 11 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތުކުރުން މަނާކުރެވިފައިވާ ފަރާތެއް ނޫން ކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމަވާފައިވާތީ އެކަން ވަނީ ޢާންމުކޮށް އަންގައި އިޢުލާނުކުރެވިފައި ކަމަށް ވެސް އިޢުލާނުގައިވެއެވެ.

ސްޕްރީމް ކޯޓުގެ ނިންމުތައް ސައްހަކަމާއި މެދު ސުވާލު އުފެދޭގޮތަށް ވާހަކަ ދައްކަވައި އެކަމަށް ހިތްވަރު ދޭ ގޮތައް ވާހަކަ ދައްކާވާތީ އެމައްސަލައިގެ ތަހުގީގު ނިމެންދެން ވަކީލު ޢަލީ ހުސައިން ވަނީ ސަސްޕެންޑް ކުރެވިފައެވެ. އޭނާ ސަސްޕެންޑް ކުރެވިފައިވަނީ މިއަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހުގައެވެ.